އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/05/2020

2019 ގެ ފަހުކޮޅު މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެން ފަށައިފި- ދިރާސާ

މިޓީމުން ނަތީޖާ ޝާއިއުކޮށްފައިވަނީ 7،600 ބަލިމީހުންގެ ގައިން ވައިރަސް ނަގައި ޖެނެޓިކް ޓެސްޓު ކުރުމަށްފަހުއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/05/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފަށާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. 

މިޓީމުން ނަތީޖާ ޝާއިއުކޮށްފައިވަނީ 7،600 ބަލިމީހުންގެ ގައިން ވައިރަސް ނަގައި ޖެނެޓިކް ޓެސްޓު ކުރުމަށްފަހުއެވެ.

ދިރާސާގައި ވާގޮތުން ވައިރަހަށް އައިސްފައިވާ ބަދަކުތަކަށް ބެލުމުން އެނގުނީ މިދިޔަ އަހަރު މިވައިރަސް ހަލުވިކަމާއެކު ފެތުރިފައިވާ ކަމެވެ. ނަމަވެސް ވައިރަސްގެ ނުރައްކާ އިތުރު ނުވާކަމަށް މިޓީމުގެ ދިރާސާވެރިން ވިދާޅުވެއެވެ.

"ވައިރަސް އަންނަނީ ބަދަލުވަމުން، އެކަމަކު އޭތި އިތުރަށް ގޯހެއް ނުވޭ" ދިރާސާވެރިޔާ ފްރާންސުއާ ބެލޯ ވިދާޅުވިއެވެ.

މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 3.7 މިލިއަން މީހުންވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 259،000 މީހުން ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

ބެލޯ އަދި އޭނަގެ ޓީމުން ވަނީ ތަފާތު ގައުމުތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ސާމްޕަލްތަކަށް ބަލާފައެވެ. އެގޮތުން އެކި ވަގުތުތަކުގައި ތަފާތު ތަންތަނުން ނެގިފައިވާ ސާމްޕަލްތައް ދިރާސާ ކުރިއެވެ. އަދި ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރު ފަހުކޮޅުގައި ކަމަށް މިޓީމުން ލަފާކުރިއެވެ.

ނަމަވެސް ވައިރަސް ފެތުރެން ފެށި ވަކި ތަނެއް ނުވަތަ ސަރަހައްދެއް މިދިރާސާއިން ހޯދިފައެއް ނުވެއެވެ.

މިދިރާސާއާއެކު ވައިރަސް ދެނެގަނެވުމުގެ ކުރިން ގިނަ މަސްތަކެއް ވަންދެން ވައިރަސް ފެތުރިފައިވާކަމުގެ އުއްމީދު ގެއްލުނެވެ. މީގެ މާނައަކީ މިދިޔަ އަހަރު ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހި ރަނގަޅުވުމަށްފަހު ބަލިން ދިފާއުވެފައި ނުވާކަމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް މިވައިރަސް އައިސްފައިވަނީ 31 ޑިސެމްބަރ 2019 ގައެވެ. ޗައިނާގައި ފެތުރެން ފެށި މިވައިރަސް އެހެނިހެން ގައުމުތަކުގައި ފެންނަން ފެށުމުން އެޖަމިއްޔާއިން ވަނީ މިބައްޔަކީ ޕެންޑެމިކްއެއް ކަމަށް އިއުލާނުކޮށްފައެވެ.

ބެލޯ އިތުރަށް ވިދާޅުވެފައިވަނީ އެންމެ ގިނަވެގެންވެސް ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަށް މިބަލި ޖެހިފައިވެދާނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ