އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/05/2020

ކޮރޯނާވައިރަހަށް ވެކްސިން އަހަރަކު އެއް ފަހަރު ދޭން ޖެހިދާނެ

މީގެ މާނައަކީ ދިރާސާ ޓީމުތަކުން ގަވާއިދުން ދެވޭނެ ވެކްސިނެއް ތައްޔާރު ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަހަރަކު އެއްފަހަރު ވެކްސިން ޖަހަން ޖެހިދާނެކަމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންޓިސްޓެއް ވިދާޅުވެއްޖެއެވެ. 

ޖޯން ބެލް އަކީ މިވަގުތު އޮކްސްފޯޑް އިން ތައްޔާރު ކުރަމުން އަންނަ ވެކްސިންގައި މަސައްކަތް ކުރައްވާ ސައިންޓިސްޓެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ދިނުމަށްފަހު ކޮރޯނާވައިރަސް އާއި ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މާގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުކުރާކަމަށެވެ. އެހެންކަމުން ގަވާއިދުން ވެކްސިން ޖަހަން ޖެހިދާނެކަމަށް އޭނާ ލަފާކުރެއްވިއެވެ.

މީގެ މާނައަކީ ދިރާސާ ޓީމުތަކުން ގަވާއިދުން ދެވޭނެ ވެކްސިނެއް ތައްޔާރު ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ބެލް ގެ ޓީމުން މިއަހަރު ސެޕްޓެމްބަރ މަހު ބާޒާރަށް ވެކްސިންއެއް ނެރެވޭނެ ކަމުގެ ޔަގީންކަން ވަނީ މީގެ ކުރިން ދީފައެވެ.

މިހާތަނަށް މިޓީމުން 1،000 މީހުންނަށް ވެކްސިން ދީފައިވާކަމަށް ބެލް ވިދާޅުވިއެވެ. އަދި އިންސާނުންނަށް ޓެސްޓު ކުރުމުގެ ކުރިން މީދާ، ފެރެޓް އަދި ރާމާމަކުނަށް މިވެކްސިން ޓެސްޓު ކުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިޓީމުން މެއި މަހުގެ ނިޔަލަށް 6،000 މީހުންނަށް މިވެކްސިން ދެވޭނެކަމަށް ލަފާކުރެއެވެ. އަދި ޖޫން މަހު މެދުތެރޭ ވެކްސިންގެ ނަތީޖާ ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ބެލް ވިދާޅުވަނީ މިވެކްސިން އިތުރަށް ޓެސްޓުކުރުމުގެ ގޮތުން އެހެނިހެން ގައުމުތަކުގައި ވައިރަސް ފެތުރޭ ހިސާބުތަކުން މީހުން ޓެސްޓުކުރުމަށްވެސް ރޭވެމުން އަންނަކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 3.7 މިލިއަން މީހުން ބައްޔަށް ޕޮޒޓިވްވެފައިވާ އިރު 259،000 މީހުންވަނީ ބަލީގެ ސަބަބުން މަރުވެފައެވެ. އަދި 1.2 މިލިއަން މީހުންވަނީ ބަލިން ރަނގަޅުވެސްވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ