އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/05/2020

ކޯވިޑް-19: މިއަދު 22 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 573 އަށް އަރައިފި

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 22 މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި، ބަންގްލަދޭޝް އަށް ނިސްބަތްވާ 7 މީހެއްގެ އިތުރުން ލަންކާ މީހެކެވެ. މި މީހުންގެ ތެރޭގައި ނ. މަނަދޫއިން އަލަށް ޕޮޒިޓިވްވި އެކަކުވެސް ހިމެނެއެވެ.

މިއަދު ރާއްޖެއިން ވަނީ ކޯވިޑް-19 ޖެހިފައިވާ އިތުރު މީހަކު މަރުވެފައެވެ. އެގޮތުން މިއަދު މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ މި މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ރޭ ފިޓުޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަފަހުންނެވެ.

އަދި ރާއްޖޭގައި ކޯވިޑް-19އަށް ހާއްސަ ޑޮކްޓަރުންގެ ޓީމުންވަނީ މިމީހާ މަރުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ނޫންކަން ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް މިމީހާ މަރުވަން މެދުވެރިވީ ފިޓުޖެހުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިގެން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ރާއްޖެއިން މަރުވެފައިވަނީ އުމުރުންދުވަސްވީ އަންހެނެކެވެ. މިއަދު ޕޮޒިޓިވްވި 22 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 573އަށް އަރާފައެވެ.

އޭގެތެރެއިން އިތުރު ދެމީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލިން މިހާތަނަށް ވަނީ 20 މީހަކު ރަނގަޅުވެފަ އެވެ.


ލިޔުމުގައިވާ އަދަދުތަކަކީ 05/05/2020 21:30 ގެ ނިޔަލަށް ލިބިފައިވާ އަދަދުތައް

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ