އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/05/2020

ގޭގައި މާސްކް ތައްޔާރު ކުރާއިރު ބޭނުން ކުރަންވީ ކޯއްޗެއް؟

ކޮޓަން އާއި އެކީ ޝިފޯން ބޭނުންކޮށްގެން ހަދާ މާސްކްއަކީ N-95 މާސްކް އާއި އަޅައިކިޔޭނެ މާސްކްއެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ގޭގައި ހަދާ މާސްކްތަކުގައި ކޮޓަން އަދި ޝިފޯން ނުވަތަ ކޮޓަން އަދި ސިލްކް ބޭނުން ކުރުމަށް ދިރާސާވެރިންގެ ޓީމަކުން ލަފާދީފިއެވެ. މިދެއްވަތަރުންވެސް ވައިގެ ތެރޭ ހުންނަ ކުދި ތިކިތައް ނުވަތަ އެރޮސޮލްސް ފިލްޓަރ ކުރާކަމަށް މިޓީމުން ވަނީ ބުނެފައެވެ.

މާލޭގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު ބޭރަށް ނުކުންނަނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މާސްކް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވެއެވެ. އަދި ސަރޖިކަލް މާސްކް އާއި N-95 މާސްކް މަދުވެފައިވާ މިދަނޑިވަޅުގައި އަމިއްލައަށް މާސްކް ހަދައިގެން ބޭނުންކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ލަފާދެއްވައެވެ.

މިއާއެކު ގިނަބަޔެއްގެ ސުވާލަކަށް ވެގެންދިޔައީ ފޮތި މާސްކް ބޭނުން ކުރުމުން ކޮރޯނާވައިރަސްއިން ރައްކާތެރިވެވިދާނެތޯއެވެ. އެމެރިކާގެ ސީޑީސީ އިން އެގައުމުގައި ފޮތި މާސްކް ބޭނުން ކުރަން އިއުލާނުކުރުމުން ބައެއް ސައިންސްވެރިންވެސް ވަނީ މިނިންމުމާ މެދު ސުވާލު އުފައްދާފައެވެ.

އެގޮތުން ހެދުނު ބައެއް ދިރާސާތަކުން ދެއްކި ގޮތުގައި ކޮޓަން އަކީ ކޮރޯނާވައިރަސް ފިލްޓަރކޮށް އޭގެން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނެވެ.

ނަމަވެސް ކޮޓަންއާ އެކީ އެހެން އެއްޗެއް ބޭނުން ކުރުމުން މިގޮތަށް ހަދާ މާސްކްއިން ރައްކާތެރިކަން ލިބިދާނެ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އެމެރިކާގެ ޔުނިވަރސިޓީ އޮފް ޗިކާގޯ އަދި އާގޯން ނެޝަނަލް ލެބަރޮޓަރީގެ ދިރާސާވެރިންވަނީ ހޯދުންތައް ކުރިއަށް ގެންގޮސްފައެވެ.

އޭސީއެސް ނެނޯ ޖަރނަލްގައި ޝާއިއު ކުރެވުނު މިހޯދުންތަކުން ދައްކާގޮތުގައި ފޮތީގެ ބައެއް ވައްތަރުތައް އެކުގައި ބޭނުން ކުރުމުން ކޮރޯނާވައިރަސް ފިލްޓަރކޮށް ވައިރަސް ފެތުރުން ހުއްޓުވައިދެއެވެ.

ދިރާސާގައި މިޓީމުން ބޭނުންކޮށްފައިވަނީ ކޮޓަން، ޝިފޯން، ފްލެނަލް، ސިލްކް، ސްޕެންޑެކްސް، ސަޓިން އަދި ޕޮލީއެސްޓަރ އެވެ. މީގެ ކޮންމެ ވައްތެރެއްވެސް ވަކިން އަދި އެހެން ވައްތަރަކާއި އެކީ ޓެސްޓުކޮށްފައިވެއެވެ.

މިޓެސްޓުގައި ދިރާސާވެރިން ބަލާފައިވަނީ ވައިގެ ތެރެއިން ފެތުރޭ ކުދި ކުދި ތިކިތައް (އެރޮސޮލްސް) ފިލްޓަރ ކުރޭތޯއެވެ. މިގޮތަށް ޓެސްޓު ކުރުމުގެ ބޭނުމަކީ ދާދި ފަހުން ހެދި ބައެއް ދިރާސާތަކުން ކޮރޯނާވައިރަސް ވައިގެ ތެރިން އެރޮސޮލްސް ގެ ގޮތުގައިވެސް ފެތުރޭކަމުގެ ހެކި ފެނުމުންނެވެ.

ދިރާސާގެ ނަތީޖާއިން ދެއްކިގޮތުގައި ކޮޓަން ޝީޓެއް (600 ތްރެޑް ކައުންޓް) އަދި ދެ ޝީޓު ޝިފޯން (ޕޮލިއެސްޓަރ ނުވަތަ ސްޕޭންޑެކްސް ބޭނުންކޮށްގެން ހަދާފައިވާ) އެކުގައި ބޭނުންކޮށްގެން ހަދާ މާސްކްއިން 80-99 އިންސައްތަ ތިކިތައް ފިލްޓަރ ކުރެއެވެ.

ދިރާސާ ޓީމުން އިތުރަށް ބުނިގޮތުގައި މިގޮތަށް ހަދާ މާސްކް އަކީ ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ N-95 މާސްކް އާއި އަޅައި ކިޔޭނެ ވަރުގެ މާސްކްއެކެވެ.

ޝިފޯންގެ އިތުރުން ކޮޓަން އާއެކު ސިލްކް ނުވަތަ ފްލެނަލް ވެސް ރަނގަޅުވާނެ ކަމަށް ދިރާސާވެރިން ބުނެފައިވެއެވެ.

ގޭގައި މިތަކެތި ބޭނުންކޮށްގެން މާސްކް ހެދިކަމުގައިވިއަސް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ބޭނުންކުރާ މާސްކް އަކީ މީހާގެ މޫނަށް ހިފާފައިވާ، މޫނާއި މާސްކް އާއި ދެމެދު ޖާގައެއް ނޯންނަވަރަށް ބާރުކޮށް ހެދިފައިވާ މާސްކްއެއްތޯ ޔަގީން ކުރުންކަމަށް ދިރާސާހެދި ޓީމުން ފާހަގަކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ