އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/05/2020

ކޯވިޑް-19 އާއި ދެކޮޅަށް ވެކްސިން ދިނުމަށް ވިހި ބިލިޔަން ޑޮލަރަށްވުރެ ގިނައިން ހޭދަވާނެ

މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ބޮޑެތި ގައުމުތަކުގެ ލީޑަރުންވަނީ ހޯމަދުވަހު އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އާއި ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ދިނުމަށް ވިހި ބިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނޭކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެތެރެއިން އަށް ބިލިޔަން ޑޮލަރު ހޯދިފައިވާކަމަށް އީޔޫ އިން އިސްނަގައިގެން ހޯމަދުވަހު ބޭއްވި ބައްދަލުވުމުގައި އިއުލާނުކުރެވިފައިވާކަމަށް ގްލޯބަލް ހެލްތް އޮގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ބައިނަލްއަޤްވާމީ ސިއްހީ މުއައްސަސާތަކުން ވަނީ ގިނަ އަދަދެއްގެ ވެކްސިން ތައްޔާރުކޮށް ދުނިޔޭގެ އެކިކަންކޮޅުތަކަށް ބެހުމަށް މަދުވެގެން 25 ބިލިޔަން ހޭދަވާނޭކަމަށް ލަފާކޮށްފަ އެވެ.

8 ބިލިޔަން ޑޮލަރު ޖަމާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުން ބޭއްވި އޮންލައިން ކޮންފަރެންސްގައި ވަނީ އާމްދަނީގެ ގޮތުންނާއި، ސިޔާސީގޮތުން އަދި  އެއްތަނުން އަނެއްތަނަށް އެތަކެތި ގެންދިއުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ޖީ-20 ލީޑަރުން ބޭއްވި މި ކޮންފަރެންސް އިންތިޒާމް ކުރުމުގައި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އިނގިރޭސިވިލާތާއި ނޯވޭ، ޖަޕާން އާއި ކެނެޑާ އާއި ސައުދީ އަރަބިއާއިން ބައިވެރިވި އެވެ.

އަދި ކޮންފަރެންސުގައި ވާހަކަ ދައްކަވާނެ ބޭފުޅުންގެ ތެރޭގަައި ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން އާއި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ހިމެނެ އެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުގެ ގްލޮބަލް ޕޮލިސީ އަދި އެޑްވޮކެސީގެ ހެޑް ޖޮއީ ކެރެލް ވަނީ ޑައުންޕޭމަންޓުގެ ގޮތުގައި ބިލިޔަން ޑޮލަރު ހޯދިނަމަވެސް، މިއީ އަދި ފެށުމެއް ކަމާއި މިކަމަށް އަދި މިއަށްވުރެ ގިނަ ފައިސާ ހޭދަވާނޭކަމަށް ވިދާޅުވެފަ އެވެ.

ބްރުސެލްސްގައި ބޭއްވި މި ވީޑިއޯ ކޮންފަރެންސްގައި މަދުވެގެން 30 ޤައުމު ބައިވެރިވާނޭކަމަށް ޔޫރަޕިއަން އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.

އެ ކޮންފަރެންސުގެ މަގުސަދަކީ ވީހާވެސް އަވަހަށް، ދުނިޔޭގެ ހުރިހާ ސަަރަހައްދަކަށްވެސް ފޯރުކޮށްދެވޭނެ އަގުހެޔޮ ވެކްސިނަކާއި ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުން އެހީ ހޯދުމެވެ. އަދި އެ ކޮންފަރެންސްގައި ބައެއް ގައުމުތަކުން ވެކްސިން ދިރާސާތަކަށް ފައިސާ ހަދިޔާ ކުރާނެ މިންވަރު އިއުލާން ކުރާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުން 482 މިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަން އިއުލާން ކުރާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ކޮރޯނާވައިރަހަށް ބޭނުން ކުރެވިދާނެ 70 ވެކްސިނެއް އެކި ގައުމުތަކުގައި ޓެސްޓު ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19އަށް ދެވިދާނެ ފަރުވާއެއް ވެސް ސައިންސުވެރިން ދަނީ ޓެސްޓު ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ