އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/05/2020

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކަ ފަންސާސް ހާހަށްވުރެ މައްޗަށް

ދުނިޔެއިން މިހާތަނަށް ވަނީ މި ވައިރަހަށް 3،647،503 މީހުން ޕޮޒިޓިވް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއިން މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 252،443 އަކަށް އަރައިފި އެވެ.

ޗައިނާއިން އުފަންވި މި ނުރައްކާތެރި ވައިރަސް ވަނީ މިހާތަނަށް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް ފެތުރިފައެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ މިހާތަނަށް 69،925 މީހުން މަރުވެފަ އެވެ.

މީގެ އިތުރުން 25،000 މަރު ރިޕޯޓުކުރި ފަސް ވަނަ ގައުމަކަށް ހޯމަ ދުވަހު ފްރާންސް ވެގެން ދިޔައެވެ. މިލިސްޓުގައި ދެން ހިމެނެނީ އެމެރިކާ، ސްޕެއިން، އިޓަލީ އަދި އިނގިރޭސިވިލާތެވެ.

ދުނިޔެއިން މިހާތަނަށް ވަނީ މި ވައިރަހަށް 3،647،503 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 1،200،640 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެލައްކައަށްވުރެ މަތިވެފައި މިވަނީ މިވައިރަހުގެ ދެވަނަ ނުވަތަ ތިން ވަނަ ރާޅެއް އަރާފާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ނުރައްކާތެރި ވައިރަހަށް ވެކްސިނެއް ތައްޔާރުކުރުމަށްޓަކައި ދުނިޔޭގެ މޮޅެތި ސައިންޓިސްޓުން ގެންދަނީ ވަރުބަލިކަމެއް ނެތި ރެއާދުވާލު މަސައްކަތް ކުރަމުންނެވެ. އަދި މި ވެކްސިން ބެހުމަށްޓަކައި ބޭނުންވާނޭ ފައިސާ ޖަމާކުރުމަށްޓަކައި ޖީ-20 ގެ ލީޑަރުންތައް ގެންދަނީ މަޝްވަރާކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ