އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/05/2020

ވޫހާންގެ ހޮސްޕިޓަލްތަކުގައި ވައިގެ ޒަރިއްޔާއިން ކޮރޯނާވައިރަސް ފެތުރުނުކަމަށް ދިރާސާއަކުން ދައްކައިފި

އެއާބޯން ޑްރޮޕްލެޓްސްތަކެއް ފެނުނު ނަމަވެސް، މީގެ ސަބަބުން ބަލި ޖެހިދާނެ ކަމެއް ޔަގީންވެފައެއް ނުވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ޑޮރޮޕްލެޓްސް ގެ ގޮތުގައި ފެތުރޭކަމުގެ ހެކި ސައިންސްވެރިން ވަނީ މިފަހަކަށް އައިސް ހޯދާފަ އެވެ.

މިފަހުން ކޯވިޑް-19 މުޅިންހެން ނައްތާލެވިފާއިވާ ޗައިނާގެ ވޫހާން ސިޓީގައި ހުރި ދެ ހޮސްޕިޓަލެއްގައި ވައިގެ ޒަރިއްޔާއިން މިފަދަ ޑްރޮޕްލެޓްސް ފެތުރެމުންދާކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. 

މި ދިރާސާ އާންމުކޮށްފައިވަނީ ޖާރނަލް ނޭޗާ ގައި ހުސްވި ހޯމަ ދުވަހުއެވެ.

އެއާބޯން ޑްރޮޕްލެޓްސްތަކެއް ފެނުނު ނަމަވެސް، މީގެ ސަބަބުން ބަލި ޖެހިދާނެ ކަމެއް ޔަގީންވެފައެއް ނުވެއެވެ. ނަމަވެސް މިއީ ވާހަކަދައްކާ އަދި ނޭވާލާއިރު ބޭރުވެ އަދި އެހެންމީހުން އެތެރެއަށް ނޭވާ ދަމާލާ ވަގުތު އެތެރެވާވަރުގެ ކުދި ކުދި ޑްރޮޕްލެޓްތަކެކެވެ.

މި ދިރާސާގައި ބައިވެރިވެފައިވާ ވާރޖީނިއާ ޓެކްގެ ސިވިލް އެންޑް އެންވަޔަރްމެންޓަލް އިންޖިނިޔަރިންގެ ޕްރޮފެސަރެއް ކަމަށްވާ ލިންޒީ މަރް ބުނެފައިވާގޮތުގައި މި ވައިރަސް އެންމެ މަދުވެގެން ވައިގެ ތެރޭގައި 2 ގަޑިއިރުވަންދެން ހުރެއެވެ. އެހެންކަމުން ވައިގެ ޒަރިއްޔާއިން މި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އޭނާވަނީ ބުނެފަ އެވެ.

މަރް އާއި އަދި އިތުރު އެހެން ސައިންޓިސްޓުންތަކެއް ވަނީ ކޮރޯނާވައިރަސް ފެތުރެނީ އެއިރޮސޮލްސް ނުވަތަ ކުދި ޑްރޮޕްލެޓްތަކެއްގެ ޒަރިއްޔާއިން ކަށަވަރުވާ ހެކިތަކެއް ހޯދާފައެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި ވައިރަސް ފެތުރޭނީ ހަމައެކަނި ބޮޑެތި ޑްރޮޕްލެޓްސްތަކެއްގެ ޒަރިއްޔާއިން ކަމަށާއި އަދި ވައިރަސް ހަރުލާފައި ހުރިތަނެއްގައި އަތްލައިގެން ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ހުސްވި ފެބްރުއަރީ އަދި މާޗްމަހުގައި  ސައިންޓިސްޓުން ވަނީ ވޫހާން ޔުނިވަރސިޓީގެ ރެންމިން ހޮސްޕިޓަލުގައާއި ބަލީގެ އަލާމާތްތައް ކުޑަކޮށް ތިބިމީހުން ކަރަންޓީނުކޮށް ފަރުވާދީފައިވާ މެޑިކަލް ފެސިލިޓީ އަކުން ސާމްޕަލް ނަގާފައެވެ. އަދި ވޫހާންގެ އެކި ހިސާބުތަކުން ވަނީ ވައިގެ ސާމްޕަލްތައް ނަގައި ޓެސްޓުކޮށްފަ އެވެ. އޭގެތެރޭގައި އާންމުން ދިރިއުޅޭ ހިސާބުތަކާއި މާރުކޭޓުތައްވެސް ހިމެނެ އެވެ.

މި ދިރާސާގެ ނަތީޖާތަކުން ދެއްކިގޮތުގައި ވަރަށް ރަނގަޅަށް ވެންޓިލޭޓްކޮށްފައިވާ ހޮސްޕިޓަލްގެ ބައެއް އައިސޮލޭޝަން ވޯޑުތަކާއި، ބަލިމީހުންގެ ކޮޓަރިތަކުގެ ވައިން ވަރަށް ކުޑަކޮށް ވަނީ މި ވައިރަހުގެ އަސަރު ފެނިފަ އެވެ. ނަމަވެސް ވެންޓިލޭޓްނުކޮށް ހުރި ކުދި ފާހަނާ ކަހަލަ ތަންތަނުގައި ހުރި މިވައިރަހުގެ އަސަރު ބޮޑުކަމަށް ވަނީ ދައްކާފަ އެވެ. 

"މީގެން ދައްކައިދެނީ ކުދި ބަންދުކުރެވިފައިވާ ތަންތަނަށް މިދުވަސްވަރު ނުދިޔުމަކީ މުހިންމުކަމެއްކަން" ޑރ. މަރް ވިދާޅުވިއެވެ.

މި ދިރާސާގައި އެހެންނަމަވެސް މާސްކް އަޅައިގެން އުޅޭ މީހުންނަށް ވައިރަސްޖެހިފައިވާ މީހުން ލާ ނޭވާއިން ވައިރަސް ޖެހިދާނޭކަމަށް ބުނެފައެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ