އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/05/2020

މިއަދު 13 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 481އަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓޫ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/05/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. މި 13 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 481އަށް އަރާފަ އެވެ.

ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި، 6 ބަންގްލަދޭޝް ރައްޔިތުންނެވެ. މި 13 މީހުންގެ ތެރޭގައި 5 އަހަރުގެ ކުޑަކުއްޖެއްގެ އިތުރުން 80 އަހަރުގެ އުމުރުން ދުވަސްވީ މީހަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މީގެތެރޭގައި ހިމެނޭ ދެ އަންހެނަކާއި އެއް ކުޑަކުއްޖަކީ ހއ. ތަކަންދޫއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

ތަކަންދޫން ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު "ކާވިޔާ" ބޯޓުން ދަތުރުކުރި ތިން މީހެކެވެ. އެ ބޯޓުން އެރަށައް 36 މީހަކު ދަތުރު ކުރި އެވެ. އެ ހުރިހާ މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ.

ކާވިޔާއިން ދަތުރުކުރި މީހުންގެ ސާމްޕަލް ނެގީ އެ ދަތުރުގައި ބައިވެރިވި އުލިގަމު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ބޯޓުން އުތުރުގެ ފަސް ރަށަކަށް މީހުން ދަތުރުކުރިއެވެ.

ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 258 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ އަދަދު އުޅެނީ 152ގަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ