އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/05/2020

ޔޫއޭއީ އިން ކޯވިޑް-19އަށް ފަރުވާއެއް ހޯދައިފި!

އަބޫދާބީގެ ސްޓެމް ސެލް ސެންޓަރުގެ ޑޮކްޓަރުންނާއި ރިސާޗަރުން އެކުގައި ވަނީ މިހާތަނަށް ކޮރޯނާވައިރަސް ޖެހިފައިވާ 73 މީހަކު ބަލިން މުޅިން ރަނގަޅުކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/05/2020

COVID-19 Coronaviurs UAE
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ކޮރޯނާވައިރަހަށް ފަރުވާއެއް ހޯދާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ކޯވިޑް-19 އަށް ކާމިޔާބުކަމާ އެކު ފަރުވާކުރެވޭނެ ގޮތެއް ހޯދާފައިވަނީ އަބޫ ދާބީ ސްޓެމް ސެލް ސެންޓަރުންނެވެ.

އަބޫދާބީގެ ސްޓެމް ސެލް ސެންޓަރުގެ ޑޮކްޓަރުންނާއި ރިސާޗަރުން އެކުގައި ވަނީ މިހާތަނަށް ކޮރޯނާވައިރަސް ޖެހިފައިވާ 73 މީހަކު ބަލިން މުޅިން ރަނގަޅުކޮށްފަ އެވެ.

މިއަދު އެޤައުމުގެ އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަރުވާ ކާމިޔާބުކޮށްފައިވަނީ ބަލިމީހުންގެ ސްޓެމް ސެލް ނަގައި "އެކްޓިވޭޓް" ކުރުމަށް ފަހު އަލުން ހަށިގަނޑަށް ފޮނުވައިގެން ކަމަށެވެ.

ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި އަލަށް ހޯދި މި ފަރުވާގެ އެހީގައި ސްޓެމް ސެލް ނަގައި، ބަދަލުތައް ގެނައުމަށް ފަހު، ނެބިއުލައިޒްކޮށްގެން އާވީގެ ގޮތުގައި ފުއްޕާމެޔަށް ފޮނުވާލާނެ އެވެ. އަދި މިހެން ފަރުވާދިނުމުން ފުއްޕާމޭގެ ސެލްތައް އަލުންހެދެން ފަށާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މި ފަރުވާގައި ކޯވިޑް-19 އަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އޯވަރިއެކްޓްކުރުން ކޮންޓްރޯލްކޮށްދޭ ކަމަށާއި، ކޯވިޑް-19 ގައި ސީރިއަސްވަނީ މި އޯވަރިއެކްޝަންގެ ސަބަބުން ކަމަށް، މި ފަރުވާ އީޖާދުކުރި ޓީމުން ގަބޫލުކުރެ އެވެ.

މިފަރުވާއަށް ހަދަންޖެހޭ އިތުރު ދިރާސާތައް ކުރިއަށް އޮތް ދެތިން ހަފްތާތެރޭގައި ހަދާނޭކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް މި ފަރުވާ ބޭނުންކޮށްގެން ރަނގަޅުވި އެއްވެސް ބަލިމީހެއްގެ ކިބައިން އިތުރު މައްސަލައެއް ނުފެންނަކަމަށްވެސް ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ