އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 01/05/2020

އޮކްސްފޯޑް އިން ތައްޔާރުކުރި ކޮރޯނާވައިރަސް ވެކްސިންގެ ނަތީޖާ ޖޫން މަހު ލިބޭނެ

މިޓީމުން ވަނީ ވެކްސިން އިންސާނުންނަށް ޓެސްޓު ކުރުމުގެ ގޮތުން އޭޕްރިލް 23 ވަނަ ދުވަހު ފަށާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 01/05/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ދެކޮޅަށް ވެކްސިނެއް ތައްޔާރު ކުރުމުގައި މަސައްކަތް ކުރަމުން އަންނަ އޮކްސްފޯޑް ޔުނިވަރސިޓީގެ ދިރާސާ ޓީމުން ތައްޔާރުކުރި ވެކްސިން އިންސާނުންނަށް މަސައްކަތް ކުރޭތޯ މިއަހަރު ޖޫން މަހު މެދުތެރޭ އެނގޭނެކަމަށް އެޓީމުން ބުނެފިއެވެ.

މިޓީމުން ވަނީ ވެކްސިން އިންސާނުންނަށް ޓެސްޓު ކުރުމުގެ ގޮތުން އޭޕްރިލް 23 ވަނަ ދުވަހު ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ސައިންސްވެރިއަކަށެވެ.

ދިރާސާގައި މަސައްކަތް ކުރައްވަމުން އަންނަ ޕްރޮފެސަރ ޖޯން ބެލް، ބީބީސީ އާއި ވާހަކަދައްކަމުން ބުނެފައިވަނީ ވެކްސިން މަސައްކަތް ކުރާކަމުގެ ނިޝާނެއް ޖޫން މެދުތެރޭ ލިބޭނެކަމަށް އުއްމީދު ކުރާކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ފަންޑުކޮށްފައިވާ މިދިރާސާގައި 1،100 މީހުންނަށް މިވެކްސިން ދެވޭނެއެވެ.

އާއްމުކޮށް ވެކްސިންއެއް ބާޒާރަށް ނެރުމަށް 5-10 އަހަރު ނެގިކަމުގައިވީނަމަވެސް ކޯވިޑް-19ގެ ބިރުވެރިކަމުގެ ސަބަބުން ކަމާބެހޭފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވަނީ މަޖުބޫރުވެފައެވެ. އެގޮތުން މިވަގުތު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާވައިރަސް އާއި ދެކޮޅަށް 90 ވެކްސިނެއް ޓެސްޓުކުރަމުން އަންނަކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ދަށުން އޮންނަ އޮކްސްފޯޑް ވެކްސިން ގްރޫޕް އިން ބުރާސްފަތި ދުވަހު ވަނީ މިވެކްސިން ބާޒާރަށް ނެރުމަށްޓަކައި އަސްޓްރާޒެނެކާ ކުންފުންޏާއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

"މިވެކްސިން ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން 30-40 މިލިއަން ޑޯޒް ވީހާވެސް އަވަހަކަށް ތައްޔާރު ކުރަންޖެހޭ" ޖޯން ބެލް ވިދާޅުވިއެވެ. "އަދި ވެކްސިން މަސައްކަތް ކުރާނަމަ ވަގުތުން މީހުންނަށް ދޭން ފެށޭނެ."

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ