އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/05/2020

ކާނަލް ޑރ. ޝާހިދު: މެދުކެނޑުމެއް ނެތް ހިދުމަތަށް 30 އަހަރު

ޑރ. އަލީ ޝާހިދު މުހައްމަދަކީ މިވަގުތު އެމްއެންޑީއެފް މެޑިކަލް ކޯރޕްސް ގެ ސަރޖަން ޖެނެރަލް އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/05/2020

Dr Ali Shahid Mohamed MNDF
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި އާއްމުގޮތެއްގައި ސިފައިންގެ ޑޮކްޓަރުންނޭ ބުނުމުން ދިވެހިންނަށް ތަންކޮޅެއް އާވެދާނެ އެވެ. އެއީ އާއްމުގޮތެއްގައި ސިފައިން ފާހަގަވެފައި ވަނީ ޤައުމަށް ނުރައްކަލެއް އޮތް ހިނދު އެޤައުމު ދިފާއުކުރަން ތިބޭ ބައެއްގެ ގޮތުގައެވެ. ވީއިރު ސިފައިންނަށް ނުރައްކަލެއް ކުރިމަތިވާ ހިނދު އެމީހުންގެ ދިފާއުގައި ތެދުވާ ބަޔަކީ މިއީއެވެ. ސިފައިންގެ ސިއްހީ އެހީތެރިންނެވެ.

އޭގެތެރެއިންވެސް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވަކިން ހާއްސަ އެވެ. ކާނަލް ޑރ. ޝާހިދު ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންފައިވަނީ ޒުވާން އުމުރުފުޅުގަ އެވެ. އޭގެފަހުން ސިފައިންގެ ހިދުމަތުގައި ހުންނަވާ އެބޭފުޅާ ވަނީ ޑޮކްޓަރީ ރޮނގުން ފާސް ނަންގަވާފަ އެވެ.

ކާނަލް ޑރ. ޝާހިދު ސިފައިންގެ ހިދުމަތަށް ފާއިތުވި 30 އަހަރު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީވަނީ އަގުވަޒަން ކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ ސިފައިންގެ ސިއްހީ ހިދުމަތުގައި ކާނަލް ޑރ. ޝާހިދުގެ ދައުރު ވަރަށްވެސް ބޮޑު ކަމަށެވެ. އަދި ސިފައިންގެ ސިއްހީ ހިދުމަތް މިއަދު މިގޮތުގައި ދެމިއޮތީ ހުދު ކާނަލް ޑރ. ޝާހިދުގެވެސް މިންނެތް މަސައްކަތްޕުޅުން ކަމަށް އެކަމަނާވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކުރިން ސިފައިންނަށާއި ސިފައިންގެ އާއިލާއަށް ހިލޭ ބޭސްފަރުވާ ކުރެވެން އޮންނަނީ ހަމައެކަނި ސްކީމެއްގެ ދަށުންނެވެ. ނަމަވެސް ފަހުން ރާއްޖޭގެ ދިފާއީ ބާރުންވަނީ ސެނަހިޔާގެ ނަމުގައި ހުޅުވި ކްލިނިކް، މިލިޓަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ސިފައިންނާއި، ސިފައިންގެ އާއިލާތަކުގެ އިތުރުން އާއްމުންނަށްވެސް ހިދުމަތް ދޭން ފަށާފަ އެވެ.

މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެނިހެން މުވައްޒަފުންނަކީ ސިފައިންގެ ހިދުމަތުގެ ތެރެއިން ސިއްހީ ހިދުމަތަށް ނުކުމެފައިވާ މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ