އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 30/04/2020

ކޯވިޑް-19: ހަ މަސް ތެރޭ 10 މިލިއަން ކޭސް އެފްރިކާގައި ފެނިދާނެ ކަމުގެ ބިރު ހީވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިގައުމުތަކުގައި ހަ މަސް ތެރޭ 10 މިލިއަން ކޭސް ފެނިދާނެ ކަމަށް ބުނެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 30/04/2020

Coronavirus COVID-19 Africa
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރު ކުރީކޮޅު ކޯވިޑް-19 ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ފެތުރެންފެށި އިރު އެފްރިކާ އިން އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މިހާރު އެފްރިކާގެ ގައުމުތަކުގައި ކޯވިޑް-19 ގެ ކޭސްތައް 43 އިންސައްތަ އިތުރުވެފައިވާކަމަށް މިދިޔަ ހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ. 

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް ގެ ޑިރެކްޓަރ ޖޯން އެންކެންގަސޯންގް ބުނެފައިވަނީ އެފްރިކާގެ ގައުމުތަކުގައި މިބައްޔަށް ޓެސްޓުކުރުމަށް ބޭނުންވާ އާލާތްތައް "ވަރަށް ވަރަށް މަދު" ކަމަށެވެ. މީގެ ސަބަބުން ޕޮޒިޓިވްވެފައިވާ ބައިވަރު ކޭސްތައް ނުހޯދި ރިޕޯޓު ނުކުރެވި ދާނެކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މިގައުމުތަކުގައި ހަ މަސް ތެރޭ 10 މިލިއަން ކޭސް ފެނިދާނެ ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން ނެރުނު މޮޑެލްއިން ދައްކާ ގޮތުގައި އެފްރިކާގައި އެންމެ ރަނގަޅު ހާލަތުގައިވެސް 300،000 މީހުން މަރުވާނެއެވެ. އަދި އެންމެ ގޯސް ހާލަތުގައި 3.3 މިލިއަން މީހުން މަރުވެ 1.2 ބިލިއަން މީހުންނަށް ބަލި ޖެހޭނެކަމަށް މިމޮޑެލް އިން ދައްކައެވެ.

އެފްރިކާގައި އެންމެ ގިނަ ކޭސްތައް މިހާތަނަށް ފެނިފައިވަނީ ސައުތު އެފްރިކާ ގައެވެ. އެގައުމުގައި 5،350 މީހުން ޕޮޒިޓިވްވެ 103 މީހުން ވަނީ މަރުވެފައެވެ. އެއާ ޖެހިގެން އޮތް މިސްރުގައި 5،268 މީހުން ޕޮޒިޓިވްވެ 380 މީހުން ވަނީ މަރުވެފައެވެ.

މީގެން ދައްކައިދެނީ އެފްރިކާ އަދިވެސް އޮތީ ބަލި ފެތުރުމުގެ އެންމެ ކުރީ ކޮޅުގައި ކަމަށް ސައިންސްވެރިން ފާހަގަ ކުރެއެވެ. އަދި އެގައުމުތަކަށް ބޭނުންވާ އެހީ ފޯރުވިއްޖެ ނަމަ ގިނަ ބަޔަކު ސަލާމަތް ކުރެވޭނެކަމަށްވެސް މާހިރުން ލަފާ ކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ