އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/04/2020

މިއަދަށް 27 ޕޮޒިޓިވް ކޭސް! ރެންޑަމް ޕޮޒިޓިވް ކޭސް އަކާއެކު ނުރައްކާ ދެގުނައަށް!

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ވެސް27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 277 އަށް އަރައިފި އެވެ.

މިއަދު ރާއްޖެއިން ޕޮޒޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެއްސަކާއި، ޕާކިސްތާނު މީހެކެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އެންމެ ހަނގުކޮށް ޕޮޒިޓިވްވެފައި ވަނީ 13 އަހަރުގެ ކުއްޖެކެވެ. އަދި މިއަދު އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރާއި 52 އަހަރާއި ދެމެދުގެ މީހުންނެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޑރ. އިބްރާހިމް އަފްޒަލް ވަނީ މިއަދުގެ އެންމެ ބޮޑު ކްލަސްޓާ އަކީ އެމްއެންޑީއެފްގެ ކްލަސްޓާ ކަމަށް ބުނެފަ އެވެ. އެގޮތުން އެމްއެންޑީއެފްގެ ކްލަސްޓާގައި 14 މީހަކު ހިމެނޭކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން މާލެގައި ވައިރަސް ފެތުރޭ މިންވަރު ބެލުމަށް މިހާރު ކުރަމުންދާ ރެންޑަމް ޓެސްޓްތަކުން މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި، 115 ބަންގްލަދޭޝް މީހުންނާއި، 17 އިންޑިޔާ މީހަކާއި، 11 އިޓަލީ މީހަކާއި، ޕާކިސްތާނުގެ ތިން މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކާއި، އިންގްލޭންޑްގެ ދެމީހެކެވެ. އަދި ވަކި ޤައުމަކަށް ހާމަނުކުރާ ތިން މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ