އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/04/2020

ކޯވިޑް-19: ރާއްޖެއިން މިއަދުވެސް 21 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ކޭސްގެ އަދަދު 250 އަށް

ކޯވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު 21 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދަދާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 250އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތަކަކީ ނަރުދޫގެ "އަމާޒު" ބޯޓުން ޕޮޒިޓިވްވި އެ ބޯޓުގެ ކެޕްޓަން އާއި ގުޅުންހުރި ކޭސްތަކެވެ.

މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި، އިންޑިޔާގެ ހަތަރު މީހަކާއި އަދި ތިން ދިވެއްސެކެވެ.

އަދި އޭގެފަހުން ވަނީ ފަސް ދިވެއްސަކަށް ވެސް ކޯވިޑް-19 ޖެހިފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަމާޒު ބޯޓުގެ ބައެއް ފަޅުވެރިންގެ އިތުރުން ޕޮޒިޓިވްވި ކެޕްޓަންގެ އާއިލާގެ ބަޔަކުވެސް ހިމެނެއެވެ. މި އެންމެންނާއެކު އަމާޒުބޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރާފަ އެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ޑރ. އިބްރާހިމް އަފްޒަލްވަނީ ނަރުދޫއިން ފެންނަނީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 250 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ