އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/04/2020

ކޯވިޑް-19: އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް

އެމެރިކާގައި މިހާތަނަށް 56،000 މީހުން ވަނީ ކޯވިޑް-19 ގެ ސަބަބުން މަރުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރިޕޯޓު ކުރެވުނު މީހުންގެ އަދަދު 1 މިލިއަނަށް މިއަދު އަރައިފިއެވެ. މިއީ ދުނިޔޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18 ދުވަސް ތެރޭ ދެގުނައަށް އިތުރުވެފައެވެ. މިމަހު އެވަރޭޖްކޮށް 2،000 މީހުން ކޮންމެ ދުވަހަކު އެގައުމުގައި މިބައްޔަށް ޕޮޒިޓިވް ވެއެވެ.

ނަމަވެސް ސިއްހީ އެހީތެރިންނާއި ޓެސްޓުތައް މަދުވުމުގެ ސަބަބުން މިއަދަދު އިތުރުވުން އެކަށީގެންވާކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3 މިލިއަނަށް ހޯމަ ދުވަހު އަރާފައެވެ. އެމެރިކާ އާއި ޖެހިގެން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އިޓަލީ، ސްޕެއިން އަދި ފްރާންސްއިންނެވެ. 

ޗައިނާގެ ވޫހާންއިން ފެތުރެން ފެށި މިނުރައްކާތެރި ވައިރަސްއަށް އަދިވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ބަލިމީހުންނަށް ހޮސްޕިޓަލްތަކުގައި ދޭން ޖެހޭ ފަރުވާއަކާއި ބެހޭގޮތުން ގިނަ ދިރާސާތަކެއް އަދިވެސް ދަނީ ކުރެވެމުންނެވެ.

މާހިރުން ލަފާ ކުރާ ގޮތުގައި މިބައްޔަށް ވެކްސިންއެއް ހޯދުމަށް އިތުރު 12-18 މަސް ނަގާނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ދިރާސާވެރިން މި އޯގަސްޓް މަސް ތެރޭ ވެކްސިންނެއް ނެރެވޭނެ ކަމާމެދު 80 އިންސައްތަ ޔަގީންކަން ދެއްވާފައިވެއެވެ.

ނޭވާލާ ނިޒާމަށް އަސަރުކުރާ މިބަލީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅު ތަކުން 212،000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެމެރިކާގައި މިހާތަނަށް 56،000 މީހުން ވަނީ ކޯވިޑް-19 ގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ