އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/04/2020

ޕޮޒިޓިވްވި 12 މީހުންނާއެކު، ފްރޮންޓްލައިންގެ މަސައްކަތްތެރިނަށް އޮތް ނުރައްކާ ދެގުނައަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިއްޔެ އާއި އަޅާބަލާއިރު މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ބޮޑުތަނުން ވަނީ ދަށްވެފަ އެވެ. އިއްޔެ ރާއްޖެއިން 73 މީހުން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 12 މީހުންނެވެ.

މިއަދަދާއެކު އަދި ހިންދެމިލެވޭކަށް ނެތެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހި 5 ސިފައިން ހިމެނޭކަމަށް އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ ފަރާތުން ފެސިލިޓީތަކާ ހަވާލުވެ ހުންނަވާ އެންމެ އިސް ކޮމާންޑަރު ކާނަލް ހުސެއިން އަލީ ވަނީ ވިދާޅުވެފަ އެވެ.

މިއީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިފައިންކަމެއް ސާފު ނުވިނަމަވެސް، ފްރޮންޓްލައިންގެ މަސައްކަތްތެރިނަށް އޮތް ނުރައްކާ މިވަނީ ދެގުނައަށް އިތުރުވެފަ އެވެ.

މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. އެއީ ބަންގްލަދޭޝްގެ އެކަކާއި ޕާކިސްތާނު މީހެއްގެ އިތުރުން ހަތަރު ދިވެއްސެކެވެ.

އޭގެފަހުން މިއަދު ވަނީ އިތުރު 6 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި 5 ދިވެހިންނާއި ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ކ. ތުލުސްދޫގައި މަސައްކަތްކުރާ ދެ ބިދޭސީއަކުވެސް ހިމެނެއެވެ. މީގެއިތުރުން ހުޅުމާޅޭގައި ކޮވިޑް ވިލެޖް އިމާރާތްކުރަން ހަރަކާތްތެރިވި ދެ ބިދޭސީއަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 226އަށް އަރާފައެވެ. އޭގެތެރޭގައި 137 ބިދޭސީންނާއި 89 ދިވެހިން ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ