އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/04/2020

ދުނިޔެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 3 މިލިޔަނަށް

މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ އެމެރިކާ އިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފަންވި ނުރައްކާތެރި ކޮރޯނާވައިރަސް މިއަދާއި ހަމަޔަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 3،029،000 މީހަކަށް ޖެހިއްޖެ އެވެ.

ސާސް އާއި މާސްގެ އާއިލާއަށް ނިސްބަތްވާ މި ވައިރަސް ޖެހިގެން މިހާތަނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 209،000 މީހުން މަރުވެފަ އެވެ. އަދި ބަލި ޖެހުނު ތިން މިލިއަން އަށްވުރެ ގިނަމީހުންގެ ތެރެއިން 900،000 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ދުނިޔެއިން މަރުވެފައިވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް ވަނީ 56،000 މީހުން މަރުވެފައެވެ. އަދި 995،000 މީހުންނަށް ވަނީ މިވައިރަސް ޖެހިފަ އެވެ.

އިންސާނުންގެ ނޭވާލާ ނިޒާމަށްޖެހޭ މިވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލްވަނީ ވައިރަސް ޖެހިފައިވާ މީހެއްގެ އަނގައިން ބޭރުވާ ކުޅުގެ ސަބަބުންނެވެ. އަދި މިފަދަ ކުޅު އިންސާނާގެ ނޭފަތާއި، އަނގަ އަދި ލޮލުގެ ޒަރިއްޔާއިން ހަށިގަނޑުގެ އެތެރެއަށް ވާސިލްވެއެވެ.

ކޮރޯނާވައިރަހަށް މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނުވިނަމަވެސް މިބަލިން އެންމެ ފަސޭހައިން ރައްކާތެރި ވެވޭނެ ގޮތަކީ ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއެކު އިޖުތިމާއީ ގައިދުރުކަން ބެހެއްޓުންކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ