އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 27/04/2020

ކޮވިޑް-19: ވޫހާންގެ ހޮސްޕިޓަލުތަކުގައި ތިބި އެންމެ ފަހު ބަލިމީހުން ދޫކޮށްލައިފި

އެޕްރިލް 26 އާއި ހަމައަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހަކު ވޫހާންގައި ނެތެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 27/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޫހާންގެ ހޮސްޕިޓަލުތަކުގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާދޭ އެއްވެސް މީހަކު ނެތް ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު އިއުލާނުކޮށްފިއެވެ.

2019 ގެ ޑިސެމްބަރު މަހު ވޫހާންގެ މާރުކޭޓަކުން ފެތުރެންފެށި ކޮވިޑް-19 ވައިރަސް ވަނީ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ދެނެގަނެވިފައެވެ. އަދި މިބަލީގެ ސަބަބުން 208،000 މީހުން ވަނީ މަރުވެފައެވެ.

ވޫހާންގައި މިބައްޔަށް ވަނީ 46،452 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ތެރެއިން 3،869 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އެޕްރިލް 26 އާއި ހަމައަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހަކު ވޫހާންގައި ނެތެވެ.

މިކާމިޔާބީ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ސްޕޯކްސްޕަރސަން މީ ފެންގް ވިދާޅުވީ މިއީ ވޫހާންގެ ކަމާބެހޭ ފަރާތްތަކާއި ގައުމުގެ ސިއްހީ އެހީތެރިންގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ވޫހާން ނިސްބަތްވާ ހޫބޭ ޕްރޮވިންސްވަނީ ޖެނުއަރީ މަހު ފަހުކޮޅު ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި ދަތުރު ފަތުރުކުރުމުގެ ނިޒާމުވަނީ ހުއްޓުމަކަށް ގެނެވިފައެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތު ލުއި ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޗައިނާގައި އެޕްރިލް 26 ވަނަ ދުވަހު ރިޕޯޓުކުރެވިފައިވަނީ ކޮވިޑް-19 ގެ 11 ކޭސްއެވެ. އަދި އެޕްރިލް 17 ގެ ފަހުން އެއްވެސް މީހަކު މިބަލީގެ ސަބަބުން އެގައުމުގައި މަރުވެފައެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ