އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/04/2020

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒޓިވްވި 73 މީހުންނާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 214އަށް އަރައިފި އެވެ.

މިއަދު އެންމެ ފުރަތަމަ ކޯވިޑް-19އަށް ރާއްޖެއިން ވަނީ އެއްފަހަރާ 36 މީހުން ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ.

އޭގެފަހުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހުންނާ ދިވެއްސަކާ އިންޑިއާ މީހެކެވެ. އަދި އޭގެފަހުން ތިން މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. މި ތިން މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ އެކަކާއި ދެ ދިވެއްސެކެވެ.

އަދި މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖެއިން އިތުރު 23 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެފަ އެވެ.   ނަމަވެސް މި 23 މީހުންނާއި ގުޅޭ އިތުރު ތަފްސީލެއް ޑރ. އަފްޒަލް ދެއްވާފައެއް ނުވެއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މިހާރު ފެންނަނީ މުޅިންވެސް ގްރޫޕް ކޭސްތަކެއްކަމުން ބޮޑަށް ލަފާކުރެވެނީ މިއީ އެހެން ކޭސްތަކެއްގެ ކްލަސްޓަރ ތަކެއް ކަމަށެވެ. އަދި މިގޮތަށް ދާނަމަ ކުރިއަށް އޮތްތާނގައި ވެސް އިތުރު މީހުން ޕޮޒިޓިވްވާނެ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ