އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/04/2020

އަންނަ މަހު ތިނަކުން ފެށިގެން ވެކްސިން ދޭން ފަށާނެ– ދަމަނަވެށި

ދަމަނަވެށިން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަުވެސް ހެނދުނު 10 އަކުން މެންދުރު އެކަކަށް އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަންނަ މަހު ވެކްސިން ދޭން ފަށާނެ ކަމަށް ދަމަނަ ވެށިން ބުނެފި އެވެ.

ވެކްސިން ދިނުން މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެންނެވެ. ދަމަނަވެށިން ބުނީ ކޮވިޑް-19 އާ ގުޅިގެން ދަމަނަވެށިން ދެމުންދާ ހިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެެއިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދިނުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ދަމަނަވެށި ހުޅުވާނެ ކަމަށެވެ.

ދަމަނަވެށިން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަުވެސް ހެނދުނު 10 އަކުން މެންދުރު އެކަކަށް އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ.

އެޕޮއިންޓްމަންޓް ދޫކުރުމުގައި ކުއްޖާގެ ނަމާއި އުފަން ތާރީހާއި އެންމެ ފަހުން ވެކްސިން ޖެހި ތާރީހާއި ކުއްޖާ ދިރިއުޅޭ އެޑްރެސްގެ އިތުރުން ކުއްޖާ ދިރިއުޅޭ ގެއަކީ މޮނީޓަރިންގައި އޮތް ހާލަތުގައި އޮތް ގެއެއްތޯ ނޫނީ ނޫންތޯ ބުނެދޭންޖެހޭނެކަމަށް ދަމަނަވެށިން ބުންޏެވެ.

ފަނީބޭހާއި ވިޓަމިން-އޭ ދޭންޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުން ވެސް އެ ވަގުތުތަކުގައި ކުރިއަށްދާނެ އެވެ. ފަނިބާހާއި ވިޓަމިން-އޭ ދޫކުރަން ހަމަޖހިފައި ވަނީ ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ބެލެނިވެރިއަކު ދިއުމުން ކަމަށްވެސް ދަމަނަ ވެށިން ބުންޏެވެ.

އަދި އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުންނާއި، އިންފްލެއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުން ވެސް އެ ގަޑިތަކުގައި  3322403 އާ ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެކަމަށް ދަމަނަވެށިން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ