އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/04/2020

އިތުރު 13 މީހުން ޕޮޒިޓިވްވެ، ވައިރަސްގެ މިސްރާބު ރަށްތަކަށް!

ކޮވިޑް-19: ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު 13 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ.

މިއަދަދާއި އެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދދަު ވަނީ 141ކަށް އަރާފަ އެވެ.

މިއަދު އެންމެ ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 8 ދިވެހިންނެވެ. އަދި ރޭގައި ވަނީ ބަންގްލަދޭޝް މީހަކުވެސް ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މި އަށް މީހުންގެ ތެރޭގައި ށ. ނަރުދޫއަށް ދަތުރުކުރާ "އަމާޒު" ބޯޓުގެ ކެޕްޓަންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއަދު ފަހުން ވަނީ ހަތަރު މީހަކު ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދިވެއްސަކާ، ލަންކާ މީހެއްގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ދެ މީހެކެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހާލަތު އޮތްގޮތުން ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު ރަށްރަށަށް އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް މިރޭވަނީ ވިދާޅުވެފަ އެވެ. އަދި "އަމާޒު" ބޯޓުން  ދަތުރުކުރި މީހުން އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން އެންގުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖެއިން މިހާތަނަށް ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީންނެވެ. އެގޮތުން ބިދޭސީންގެ އަދަދު 72 އެއްގައި އުޅޭއިރު ދިވެހިންގެ އަދަދު އުޅެނީ 69 އެއްގަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ