އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/04/2020

ކަރަންޓީނުގެ 14 ދުވަހަށްފަހު ވެސް ބަލިޖެހުމުގެ ފުރުސަތު އޮވޭ: ޑރ. ލަތީފް

މިހާތަނަށް ރާއްޖެއިން 137 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަރަންޓީނުގެ 14 ދުވަހަށް ފަހުވެސް ބަލިޖެހުމުގެ ފުރުސަތު އޮންނަކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެ އެވެ.

މިއަދު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ޑރ. ލަތީފު ވިދާޅުވީ ކަރަންޓީނުގެ 14 ދުވަހަށް ފަހުވެސް ބަލިޖެހުމުގެ ފުރުސަތު އޮތްނަމަވެސް އެއީ ވަރަށް ހަނި ފުރުސަތެއް ކަމަށެވެ.

މިއަދު ރާއްޖެއިން ވަނީ ޖުމްލަ ނުވަ މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މި ނުވަ މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 137ކަށް އަރާފަ އެވެ.

ޑރ. ލަތީފް ވިދާޅުވީ މާލެއަށް އެންމެ ފުރަތަމަވެސް ވައިރަސް އައިއިރުވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދާނެކަމަށް އާއްމުންނަށް އެފަރާތުން އިންޒާރު ދެއްވާފައިވާނޭ ކަމަށެވެ. ނަމަވެސް ބަލި ފެތުރުން ހީކުރިވަރަށް ވުރެ ލަސްކޮށްލެވުނު ކަމަށް ޑރ. ލަތީފް ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވަމުން ދާކަމަށާއި، ކޮމިއުނިޓީ ސްޕްރެޑް އޮތް ކަމަށް ވަންޏާ ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާނޭކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފަ އެވެ. ހަމައެގޮތަށް ޓެސްޓް ހަދާލެއް ގިނަވާ ނަމަ ވެސް އެ އަދަދު ގިނަވާނެކަމަށްވެސް ޑރ. ލަތީފް ވިދާޅުވި އެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނަރުދޫ ބޯޓެއްގެ ކައްޕިވަނި ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ