އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/04/2020

މާލޭގައި ތިބި އެންމެންނަކީވެސް ރިސްކް ބޮޑު ބައެއް: މިނިސްޓަރ އަމީން

މިހާތަނަށް ރާއްޖެއިން 137 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިވަގުތު މާލޭގައި ތބި އެންމެންނަކީވެސް ރިސްކް ބޮޑުބައެއް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިއަދު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ މިވަގުތު މާލެއިން ފުރައިގެން ރަށަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި މާލެއިން ފުރައިގެން ރަށަށް ދާންޖެހޭނީ އެނޫންގޮތެއް ނެތިގެން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ރާއްޖެއިން ވަނީ ޖުމްލަ ނުވަ މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މި ނުވަ މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 137ކަށް އަރާފަ އެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގެ މިނިސްޓަރ އަމީންވަނީ މާލޭގައި ތިބި އެންމެންނަކީވެސް ރިސްކް ބޮޑު ބައެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. ސަރުކާރުގެ އަމާޒަކީ މާލޭގައި ތިބި މީހުން ރަށްރަށަށް ނުގޮސް މާލެއިން ބަލި ކޮންޓްރޯލް ކުރުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނަރުދޫ ބޯޓެއްގެ ކައްޕިވެސް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ