އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/04/2020

އިތުރު 18 މީހުންނާއެކު، ރާއްޖެއިން ޕޮޒިޓިވްވި އަދަދު 128 އަށް

ކޮވިޑް-19 ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން މިއަދު ޖުމްލަ 18 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 128އަށް އަރާފަ އެވެ.

މިއަދު އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. ކޭސް 111-116 އެވެ. އެއީ ދެ ދިވެހިންނާއި ދެ ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިޔާ އެކަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއްވެސް (ކޭސް 114) ހިމެނެއެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ވަނީ ހިމެނިފަ އެވެ. އަދި ކޭސް 112 އަކީ 4 އަހަރުގެ އަންހެއް ކުއްޖެކެވެ.

އޭގެފަހުން އިތުރު 12 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވީކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. ފަހުން ޕޮޒިޓިވްވީ 12 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކުވެސް (ކޭސް 117) ހިމެނެއެވެ. އެ ކުއްޖާގެ މަންމައާ ބައްޕަވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި  ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

ކޭސް ނަންބަރު 118-128 އާއި ބެހޭގޮތުން ސަރުކާރުން އަދި އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް 128 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނެއެވެ.

އެހެންނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރެއިން ކޭސް 17 އާއި ކޭސް 19 ބަލިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ