އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/04/2020

ފައިތިލައިން ފެންފޮޅު ނެގުން: މިއީވެސް ކޯވިޑް-19ގެ އަލާމާތަކަށް ވެދާނެ!

މިފަދަ ބިހިތައް އާއްމުކޮށް ނަގާކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ކުޑަކުދިންނާއި ފުރާވަރު އަދި ޒުވާން އުމުރުފުރާގެ މީހުންގެ ފައިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފައިތިލައިން ފިޔާތޮށި ނުވަތަ ނޫކުލައަކަށްދާ ފެންފޮޅު ފާޑުގެ އެއްޗެހި ނެގުމަކީ ކޯވިޑް-19ގެ އައު އަލާމާތެއް ކަމަށް މި ބައްޔަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ހެދި އެއްވެސް ދިރާސާއަކުން މިކަމަށް ބާރު ލިބިފައި ނުވިނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުންގެ ފައިތިލައިން މިފަދަ ފެންފޮޅު ފެންނަމުންދާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މި ބަލީގެ އަލާމާތެއްކަމަށް ބުނާ މިފަދަ ފެންފޮޅު ފައިން ނެގުމަށް މިފަހަކަށް އައިސް ބައެއް ޑޮކްޓަރުން "ކޯވިޑް ޓޯސް" އޭވެސް ކިޔައި އުޅެއެވެ.

"ކޯވީޑް ޓޯސް" އަކީ ކޮބާ؟

މިއީ ކޯވިޑް-19 ޖެހޭ ބައެއް މީހުންގެ ފައިތިލައިން ފެންނަމުންދާ ބަލީގެ އަލާމާތެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. "ކޯވިޑް ޓޯސް" ބޮޑަށް ވައްތަރުވާނީ ފެންފޮޅު ތަކަކާއެވެ. ބައެއްފަހަރު މިތަންތަން ދަނބު ނުވަތަ ނު ކުލައަކަށްވެސް ހުރެއެވެ. ބޮނޑި ބޮނޑިއަށް ފެންބިހިތަކެއް ގޮތަށް ހުންނަ މިފަދަ ތަންތަން "ލީސިއަންސް" އާއި ވެސް ވައްތަރު ގޮތެއް ހުރެއެވެ.

ޕެނިސެލްވޭނިއާ ޔުނިވަސިޓީގެ ޗީފް އޮފް އިންފެންކްޝަސް ޑިޒީސް ޑރ. އެބިން ލައުޓެންބަކް "ޔޫއެސްއޭ ޓްޑޭ" އަށް މައުލޫމާތު ދެމުން  ބުނެފައިވަނީ މި ފެންފޮޅުތައް ފައިން ނެގުމުން ފޮޅުތައް ހުރި ހިސާބުން ވަރަށް ގަދަ ހޫނު ދިލައެއް ނަގާނެ ކަމަށެވެ. އަދި އެތަންތަނުގައި އަތްލުމުން ވަރަށް ގަދަޔަށް ރިއްސާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ޑރ. ލައުޓެންބަކް ބުނިގޮތުގައި މިފަދަ ބިހިތައް އާއްމުކޮށް ނަގާކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ކުޑަކުދިންނާއި ފުރާވަރު އަދި ޒުވާން އުމުރުފުރާގެ މީހުންގެ ފައިންނެވެ. އަދި މިފަދަ ފޮޅުތައް މިހާތަނަށް ފެނިފައިވާ ގިނަ މީހުންނަކީ ބަލީގެ އިތުރު އަލާމާތެއް ނުފެންނަ ނުވަތަ ވައިރަސްގެ ކުރީކޮޅު ކޯވިޑް-19އަށް ނެގެޓިވް ވެފައިވާ މީހުންނެވެ.

މަސަޗޫސަޓްސް ޖެނެރަލް ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓުމެންޓުގެ ޗީފު ސޫޒަން ވިލްކޮޒް ބުނިގޮތުގައި "ކޯވިޑް ޓޯސް" އަލާމާތާތައް މިހާތަނަށް ބޮޑަށް ފާޅުވެފައިވަނީ ބަލި ޖެހިގެން ހާލު ސީރިޔަސްވާ މީހުންގެ ފުށުންނެވެ. އަދި މިއީ އާންމުގޮތެއްގައި އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރަމް (އާރޑްސް) ހުންނަ މީހުންގެ ކިބައިން ފެންނަ އަލާމާތެއްކަމަށް އޭނާ ވަނި ބުނެފަ އެވެ.

އާންމުގޮތެއްގައި "ކޯވިޑް ޓޯސް" ދިމާވުމަށް މެދުވެރިވަނީ ދެކަމެއްގެ ސަބަބުން ކަމަށް ޑރ. ލައުޓެންބަކް ވަނީ ބުނެފައެވެ.

އެއްގޮތަކީ އިންސާނާގެ ފައިތިލައިގައި އަދި ފުންނާބުގައި އިންފެކްޝަން އަށަގަތުމެވެ. އަދި އަނެއްގޮތަކީ ފައިގެ ލޭދަތުރުކުރާ ނާރެއްގައި ގަނޑުލޭކޮޅެއް ހަރުލުންކަމަށް ޑރ. ލައުޓެންބަކް ވަނީ ލަފާކޮށްފަ އެވެ.

މިފަދަ ނޫ އަދި ދަނބުކުލައިގެ ލެސިއަންސް ވައްތަރަށް ހުންނަ ފެންފޮޅުތައް އާންމު ގޮތެއްގައި ނުރައްކާތެރި ފްލޫ އަދި ނިއުމޯނިއާ ޖެހިފައިވާ ބަލިމީހުންގެ ކިބައިން ފެންނަން ހުރެއެވެ. އެހެންނަމަވެސް "ކޯވިޑް ޓޯސް" އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް ހާއްސަ ރިސާޗެއް ހަދާފައެއް ނުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ