އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/04/2020

ލެބް ޕްރޮފެޝަނަލުންގެ ހަފްތާ: މިވަގުތު މުޅި ދުނިޔެ އެބަޔެއްގެ މައްޗަށް ބަރޯސާވާ މީހުން

އައިޖީއެމްއެޗް ހޮސްޕިޓަލްގެ ލެބޯޓްރީގައި މަސައްކަތްކުރާ ލެބް ޕްރޮފެޝަނަލުން ދުވާލެއްގެ މައްޗަށް 1،500 އެއްހާ ސާމްޕަލެއް ޕްރޮސަސް ކުރެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/04/2020

Lab Professionals Week
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 19 އިން 25އަށް ފާހަގަކުރަނީ ލެބް ޕްރޮފެޝަނަލުންގެ ހަފްތާގެ ގޮތުގަ އެވެ. ބަލިމީހުންގެ ހަދަންޖެހޭ ޓެސްޓްތަކުގެ ސާމްޕަލްތައް ނަގައި އެ ސާމްޕަލްތައް ޕްރޮސަސް ކުރުމަކީ މި ފަރާތްތަކުގެ ކޮންމެ ދުވަހެއްގެ ވަޒީފާ އެވެ.

ބުރަ އަދި މި ކަވި މަސައްކަތް ކުރާ ލެބް ޕްރޮފެޝަނަލުންގެ އަގުވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ވެސް ވަޒަންކޮށްފަ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް ހޮސްޕިޓަލްގެ ލެބޯޓްރީގައި މަސައްކަތްކުރާ ލެބް ޕްރޮފެޝަނަލުން ދުވާލެއްގެ މައްޗަށް 1،500 އެއްހާ ސާމްޕަލެއް ޕްރޮސަސް ކުރެއެވެ. އޭގެތެރޭގައި ކްލިނިކްތަކުންނާއި ރާއްޖޭގެ ގިނަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަކުން ހެދުމަށް ދޭ ޓެސްތަކުގެ ސާމްޕަލްތައް ވެސް ހިމެނެ އެވެ.

ހާއްސަކޮށް ދުނިޔެ ދެކެމުންދާ ކޮރޯނާވައިރަހުގެ ނުރައްކާތެރި ދަނޑިވަޅުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްބަޔަކަށް ލެބް ޕްރޮފެޝަނަލުން ވާނެ އެވެ. މި ދަނޑިވަޅުގައި ކުރަންޖޭހޭ މަސައްކަތް ޑަބަލްވި ނަމަވެސް އެއްވެސް ކަހަލަ އިމެއްނެތި ލެބް ޕްރޮފެޝަނަލުން ދަނީ އެމީހުންގެ ޒިންމާ އަދާކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި މުޅި ރާއްޖެ ހިމެނޭގޮތަށް ހިސްޓޯޕެތޮލޮޖީގެ ގިނަ ސާމްޕަލްތަކެއް ޕްރޮސަސް ކުރަމުންދަނީ ވެސް ހަމަ އެހޮސްޕިޓަލުންނެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ސަރވައިލަންސް ޓެސްޓުތަކެއް ހެދުމަށްވެސް ބަރޯސާ ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ.

މީގެ އިތުރުން ލެބް ޕްރޮފެޝަނަލުންގެ އެންމެ ހާއްސަ ކަމަކީ ކޮންމެ ކަހަލަ އައުޓްބްރޭކެއް ކުރިމަތިވި ނަމަވެސް އެންމެ ބޮޑަށް ރައްޔިތުން ބަރޯސާވާ ބަޔަކީ ލެބް ޕްރޮފެޝަނަލުންނަށް ވުމެވެ. އޭގެ ނަތީޖާއެއްގެ ލެބް ޕްރޮފެޝަނަލުން ވަނީ މިފަދަ ކޮންމެ އައުޓްބްރޭކެއް އަދި ޑެންގޫ އިން ފެށިގެން އިންފުލުއެންޒާއަށް ވިޔަސް ކޮންމެ ކަމެއްގައި ވެސް ވަރުބަލިކަމެއް ނެތި އެތައް ވަގުތެއް ޤުރުބާން ކޮށްފައެވެ.

ލެބް ޕްރޮފެޝަނަލުންގެ ހަފްތާ ފާހަގަކުރަމުންދާއިރު، ނުފެނުނު ނަމަވެސް މިއީ ރައްޔިތުން އެންމެ ބޮޑަށް އެބައެއްގެ އަގުވަޒަން ކުރަންޖެހޭ މީހުންނެވެ. ދުލުން ބުނެލަން ފަސޭހަވި ނަމަވެސް ލެބް ޕްރޮފެޝަނަލުންގެ މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ސިއްހީ ނިޒާމުގެ މައި ތަނބެވެ. މި ފަދަ ބަތަލުންނާއި ނުލައި ނަތީޖާއަކަށް ވާސިލްވުމަކީ ނާދިރު ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ