އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 23/04/2020

ކޮވިޑް-19: ދެވަނަ ފަހަރަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ- ސައުތު ކޮރެއާ

މިހާތަނަށް ސައުތު ކޮރެއާގައި ދެވަނަ ފަހަރަށް ޕޮޒިޓިވްވި 180 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 23/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން ރަނގަޅުވުމަށްފަހު ދެވަނަ ފަހަރަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުމުގެ ފުރުސަތު ކުޑަކަމަށް ސައުތު ކޮރެއާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

އެގައުމުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވީ ނަމަވެސް ސައުތު ކޮރެއާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ) އިން ވަނީ ދެވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފައެވެ.

މިހާތަނަށް ސައުތު ކޮރެއާގައި މިކަހަލަ 180 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވެއެވެ. ނަމަވެސް މީގެން އެއްވެސް މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލިފެތުރުނު ކަމަކަށް ހޯދިފައެއް ނުވެއެވެ.

ކޮރެއާގެ ސިއްހީ އިދާރާތަކުން އަދިވެސް ދަނީ ދެވަނަ ފަހަރަށް މީހުން ޕޮޒިޓިވްވާ ސަބަބު ދެނެގަތުމަށްޓަކައި ދިރާސާތައް ކުރަމުންނެވެ.

ސައުތު ކޮރެއާގައި ފާއިތުވި 24 ގަޑިއިރު ތެރޭ ދެނެގަނެވިފައިވަނީ ކޮވިޑް-19 ގެ 8 ކޭސް އެވެ. މިހާތަނަށް އެގައުމުގައި 10،702 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލީގެ ސަބަބުން މަރުވެފައިވަނީ 240 މީހުންނެވެ.

ކޮވިޑް-19 ޗައިނާގައި ފެތުރެން ފެށި ދުވަސްވަރު ދެން އެންމެ ބޮޑަށް ބަލީގެ އަސަރުކުރި އެއް ގައުމަކީ ސައުތު ކޮރެއާ އެވެ. ނަމަވެސް މިހާރު އެގައުމުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. މިކާމިޔާބީގެ ފަހަތުގައި ވަނީ ގިނަ އަދަދަކަށް ޓެސްޓުކުމާއި ފުޅާކޮށް ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ކުރުން ކަމަށް މާހިރުން ވިދާޅުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ