އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/04/2020

ކޯވިޑް-19: މިއަދު އެކަނިވެސް މާލެއިން 17 މީހުން ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 ދުވަހުގެ ރިޕޯޓު
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު އެކަނިވެސް މާލޭ ސިޓީއިން 17 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޯވިޑް-19އަށް މިއަދު އެންމެ ފުރަތަމަ މީހުން ޕޮޒިޓިވް ވެފައިވަނީ ރޭ ދަންވަރު އެވެ. ކޭސް 68 އަދި 69 އެއްގައި ހިމެނޭ މި ދެމީހުންނަކީ ބަންގްލަދޭޝް އާއި ދިވެއްސެއްކެވެ.

އޭގެފަހުން މިއަދު ހެނދުނު ވަނީ އެއްފަހަރާ 13 މީހުން މާލޭ ސިޓީއިން ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ކޭސް 70، 71، 72، 73، 74، 75، 76، 77، 78، 79، 80، 81، 82 ގައި ހިމެނޭ މި 13 މީހުންގެ ތެރޭގައި ފަސް ބަންގްލަދޭޝް މީހުންނާއި އަށް ދިވެހިން ހިމެނެއެވެ. އޭގެތެރޭގައި ސިފައިންގެ އޮފިސަރެއްގެ އިތުރުން މިއަދު ބަންގްލަދޭޝްއަށް ފޮނުވާލަން ނިންމި މީހުންގެ ތެރެއިން 3 މީހަކު ވެސް ހިމެނެއެވެ.

މީގެ ތެރެއިން ކޭސް 81 އަކީ 80 އަހަރުގެ މީހެކެވެ. އޭނާ ހާލު ބޮޑުވުމުގެ ސަބަބުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

އެއަށްފަހު މިއަދު މެންދުރުވަނީ މާލެއިން ބަންގްލަދޭޝްގެ ރައްޔިތެއް ވައިރަހަށް ޕޮޒިޓިވް ވެފައެވެ. މީނައަކީ ކޭސް 83 އެކެވެ.

އޭގެފަހުން މިރޭވަނީ އިތުރު ދިވެއްސެއް ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ކޭސް 84 ވަނައަށް ޕޮޒިޓިވްވި މިމީހާ އަކީ ކޭސް 52 އަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 84 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 64 އަށް އަރާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ