އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/04/2020

ގެއިން ބޭރަށް ދާނަމަ މާސްކް އެޅުމަށް ޑރ. އަލީ ލަތީފް އިލްތިމާސް ކުރައްވައިފި

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާވައިރަސް ފެތުރެމުންދާތީވެ، މި ދުވަސްވަރު އެއްވެސް ޒަރޫރީ ބޭނުމެއްގައި ނަމަވެސް ގެއިން ބޭރަށް ނުކުންނަ ނަމަ، މާސްކް އެޅުމަށް ޑރ. ލަތީފް އިލްތިމާސް ކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވަނީ މިހާރު އޮންނަ ޤަވާއިދާއި އެއްގޮތަށް ތަންތަނަށް ދާނަމަ މާސްކް އެޅުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އެއީ ފިހާރައަކަށް ވިޔަސް އަދި އެހެން ތަނަކަށް ދިޔަ ކަމުގައި ވިނަމަވެސް އެކަށީގެންވާ މާސްކެއް އަޅައިގެން ނޫނީ ބޭރަށް ނުދިއުމަށް ޑރ. ލަތީފްވަނީ އިރުޝާދު ދެއްވާފަ އެވެ.

މިއަދު އެކަނިވެސް މާލެއިންވަނީ 15 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެެވެ. އަދި ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 67އަށް އަރާފަ އެވެ.

ޑރ. ލަތީފް ވިދާޅުވީ މިދުވަސްވަރު ގޭގައި މަޑުކުރުން އެންމެ މުހިންމު އެއް ސަބަބަކީ ތިމާއަށް ނޭގި ގެއަށް ބަލިވެއްދޭ މީހަކަށް ތިމާ ވެދާނެތީ ކަމަށެވެ. އަދި ހާއްސަކޮށް ބޯޓުތައް ދޮށަށް މުދާ ބާލުވަން ދާ ހިނދު ދިވެހިންނާއި ބޭރުމީހުންނާއި ތަފާތުކޮށް މުދާ ބޭލުވުމުގައި ބޭރުމީހުން އުޅުމަށް ދެކޮޅު ހަދަމުންދާކަން ފާހަގަވެފައި ވާކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިފަދަ ތަންތަނުގައިވެސް ބޭރު މީހުންގެވެސް ހުން ބަރާބަރަށް ޗެކް ކުރާކަމަށާއި، އަދި މިފަދައިން އަމަލުކުރާނަމަ ރަށްރަށަަށް އެތެރކުރަންޖެހޭ މުދަލާއި ބޭސް ފަދަ ތަކެތި އެތެރެކުރުމަށް ދަތިވާނޭ ކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ