އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/04/2020

ކޯވިޑް-19: އެއް ދުވަސްތެރޭގައި ރާއްޖެއިން 17 މީހުން ވައިރަހަށް ޕޮޒިޓިވް ވެއްޖެ

މިއަދަކީ ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އަދަދަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ދުވަހެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން ޖުމްލަ 17 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދަކީ ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން އެންމެ ގިނަ އަދަދަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 52 އަކަށް އަރާފަ އެވެ.

މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މެންދުރު ފްލޫ ކްލިނިކަށް ދިޔަ ބަންގްލަދޭޝް މީހެކެވެ. ރާއްޖެއިން ވައިރަހަށް 36 ވަނައަށް ޕޮޒިޓިވްވި މީހާ އަކީ މިހާތަނަށް އެއްވެސް މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހެއްކަން އެނގޭކަށް ނެތެވެ.

އޭގެ އިރުކޮޅެއްފަހުން އެޗްޕީއޭއިން ވަނީ ރާއްޖެއިން އެއްފަހަރާ ބަންގްލަދޭޝްއަށް ނިސްބަތްވާ 13 މީހުން ވައިރަހަށް ޕޮޒިޓިވްވިކަން ހާމަކޮށްފަ އެވެ. މި ކޭސް 37 ން ކޭސް 49 އަކާއި ހަމަޔަށް ހިމެނޭ މި 13 ބަންގްލަދޭޝް މީހުންނަކީވެސް ލިލީ އެންޓަޕްރައިސަސްގެ މުވައްޒަފުންނެވެ. އަދި މި 13 މީހުންނާއި ކޭސް 27 އާއި ގުޅުމެއް ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އެއަށްފަހު މާލެއިން ވަނީ އިންޑިޔާއަށް ނިސްބަތްވާ ދެ މީހަކުވެސް ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ކޭސް 50 އަދި 51ގެ މި ދެމީހުންނަކީ ވެސް އެއްވެސް އެހެން ކޭސްއަކާއި ގުޅުމެއްވާ ބައެއް ކަމަކަށް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އެންމެ ފަހަށް ޕޮޒިޓިވް ވެފައިވަނީ ހއ. އުލިގަމުގައި ހުރި މީހެކެވެ. ކޭސް 52ގެ މިމީހާވެސް އެހެން އެއްވެސް ކޭސްއަކާއި ގުޅުމެއްވާކަމަކަށް އެޗްޕީއޭއިން ބުނެފައެއް ނުވެއެވެ.

މިއަދު ވެރިރަށް މާލެއިން އެކަނިވެސް ވަނީ 16 މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މިއާއެކު މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31އަށް އަރާފަ އެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 52 މީހުންގެ ތެރެއިން 16 މީހަކުވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ