އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/04/2020

ކޯވިޑް-19: އިއްޔެ މާލެއިން ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިހާތަނަށް ވަނީ 35 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިއްޔެ މާލެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ މާލެއިން ވަނީ 7 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެ އެންމެ ފުރަތަމަ 29 ވަނައަށް ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ކޭސް 27 އާއި ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ. 

އަދި އެއަށްފަހު އިއްޔެ ހެނދުނު ވަނީ އިތުރު ދެ ދިވެހިން ވައިރަހަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 30 ވަނައަށް ޕޮޒިޓިވްވި ފަރާތް ކޭސް:27 އާއި ޑައިރެކްޓް ކޮންޓެކްޓް ވިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި 31އަށް ޕޮޒިޓިވް ފަރާތްވަނީ ކޭސް:28 އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައެވެ.

މީގެ އިތުރަށް އިއްޔެވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތެއްވެސް ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެ މީހަކާއި ކައިވެނިކޮށްގެން އުޅޭ މި މީހާއަކީ ކޭސް:30 އާއި ޑައިރެކްޓް ކޮންޓެކްޓް ވި ފަރާތެކެވެ. މިއީ 32 ވަނައަށް ރާއްޖެއިން ޕޮޒިޓިވްވި މީހާއެވެ.

ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި 33 މީހަކީ ކޭސް:28 އާއި ކޮންޓެކްޓްވި ފަރާތެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. މިއީވެސް ދިވެއްސެކެވެ.

އަދި އޭގެއިތުރުން ކޭސް:27 އާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ފަރާތެއްވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ކޭސް 34 އަކަށްވި މިމީހާ އަކީވެސް ދިވެއްސެކެވެ.

އަދި އިއްޔެރޭވަނީ 35 ވަނަ މީހަކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައެވެ. މިމީހާއަކީ އަދި އެއްވެސް ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްކަމެއް އަދި އެނގޭކަށް ނެތެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި  މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 35 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 16 މީހުންވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ