އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 18/04/2020

އެމެރިކާގައި ގައިދުރު ކުރުން އިސްކުރުމުގެ ސަބަބުން މަރުވާނެ ކަމަށް ލަފާ ކުރި އަދަދު ދަށަށްގޮސްފި

މިއަދަދުތައް ޝާއިއުކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ވޮޝިންގްޓަން އިން ކޮވިޑް-19 އާއި ގުޅުގެން ގަވާއިދުން ޝާއިއުކުރާ ރިޕޯޓު ތަކުގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 18/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމިރާކާގެ ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށް ގައިދުރު ކުރުން އިސްކުރުމުގެ ނަތީޖާއަކަށްވީ ކޮވިޑް-19 ގެ ސަބަބަން މީހުން މަރުވާނެކަމަށް ކުރިން ލަފާކުރި އަދަދު 12 އިންސައްތަ ދަށަށް ދިޔުމެވެ. އަދި އެކި ސިޓީތަކުގައި ނަގާފައި ހުރި ފިޔަވަޅުތައް މެއި މަހު ކުރީކޮޅު ލުއި ކުރެވޭނެ ކަމުގެ ފުރުސަތު ބޮޑުވުމެވެ.

ކޮވިޑް-19 އާއި ގުޅިގެން ޔުނިވަރސިޓީ އޮފް ވޮޝިންގްޓަން އިން މިބަލީގެ ލަފާކުރުންތައް ގަވާއިދުން ޝާއިއު ކުރަމުން އާދެއެވެ. މިދިރާސާ ޓީމުގެ ލަފާކުރުން ތަކަކީ އެމެރިކާގެ ސަރުކާރު އިދާރާތަކުންނާއި ވައިޓް ހައުސް އޮފިޝަލުންވެސް ހަވާލާދީ މައުލޫމާތުދޭ އަދަދު ތަކެކެވެ.

އެގޮތުން މިހަފްތާ ކުރީކޮޅު މިޓީމުން ލަފާކޮށްފައިވަނީ އޮގަސްޓް 4 އަކާއި ހަމައަށް 68،841 މީހުން އެމެރިކާގައި މަރުވާނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ޝާއިއު ކުރި ރިޕޯޓުގައި އެޓީމުން ލަފާކޮށަފައިވަނީ އޮގަސްޓް 4 އަކާއި ހަމައަށް 60،308 މީހުން އެމެރިކާގައި މަރުވާނެ ކަމަށެވެ.

މިހެން މިދިމާވީ ގައުމުގެ އިދާރާތަކުންނާއި އާއްމުން ނެގި ފިޔަވަޅުތަކުންކަން ދިރާސާ ޓީމުން ފާހަގަކޮށްފައިވެއެވެ.

އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން 42 ސްޓޭޓެއްގައި ފާއިތުވި ހަތަރު ހަފްތާގެ ތެރޭގައި އާއްމުން ގޭގައި މަޑުކުރުމަށާއި، ވިޔަފާރިތައް ބަންދުކުރުމަށް އަންގާފައިވެއެވެ. 

ހަމައެއާކު ގިނަ ރައްޔިތުން އެމީހުންގެ ފަރުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރިތަން ފެނުނު ކަންވެސް ދިރާސާ ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މިހާތަނަށް އެމެރިކާއިން 700،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 37،000 އަށް ވުރެ ގިނަ މީހުންވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ