އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/04/2020

ދިވެހި ޑޮކްޓަރުންގެ ދުވަސް: މިއީ ގޭގައި ތިބެގެން ޑޮކްޓަރުންވާ ޤުރުބާނީގެ އަގުވަޒަން ކުރަންވީ ވަގުތު!

ރާއްޖޭގައި މިއަދު ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެތައް ގޮތަކުން މި ދުވަސް ދިވެހިންނަށާއި، ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/04/2020

National Doctor's Day
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޤައުމެއް އުފެދިގެން އަންނައިރު އެޤައުމެއްގައި މައިބަނދައަކީ އެތަނެއްގައި ދިރިއުޅޭ ޑޮކްޓަރުންނެވެ. އެންމެ ކުދިކުދި ބަލިތަކުން ފެށިގެން ޤައުމެއްގައި ބޮޑު ބަލިމަޑުކަމެއް ފެތުރޭ ހިނދު ދެގޮތެއްނުވެ ހިދުމަތުގައި ތިބޭ ބަޔަކީވެސް މިފަދަ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންނެވެ.

ވީއިރު ޑޮކްޓަރުންނަށް ޝުކުރު ހައްޤުވަނީ ހަމައެކަނި 18 އޭޕްރިލްއަކު ނޫނެވެ. ކޮންމެ ދުވަހަކީވެސް ޑޮކްޓަރުންނަށް އެތައް ޝުކުރަކާއި ހިތްވަރެއް ހައްޤުވާ ދުވަހެކެވެ.

ރާއްޖޭގައި މިއަދު ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެތައް ގޮތަކުން މި ދުވަސް ދިވެހިންނަށާއި، ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވެއެވެ. ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ މި ނުރައްކާތެރި ދަނޑިވަޅުގައި ރެއާދުވާލު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދަ އެއް ބަޔަކީ ޑޮކްޓަރުންނެވެ.

ކޯވިޑް-19 ޕެންޑަމިކްގެ ފްރޮންޓްލައިންގައި ހިމެނެނީ ދިވެހި ޑޮކްޓަރުންގެ ޓީމެކެވެ. ދެމަސް ވަންދެން އެއްވެސް ޗުއްޓީއެއް ނެތި މަސައްކަތްކުރަމުންދާ މި ޑޮކްޓަރުން ވަނީ އެމީހުންގެ ފުރާނައަށްޓަކައި ޤައުމު އިސްކޮށްފަ އެވެ.

ކޯވިޑް-19އަށް ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް ވަނީ އެތައް ހާސް ސިއްހީ އެހީތެރިންނެއް މަރުވެފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނެއް ހިމެނެ އެވެ. މި އެންމެންނަކީވެސް ފްރޮންޓްލައިންގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ.

ކައިރީގައި މަސައްކަތްކުރި އެކުވެރިޔާ މަރުވުމުން ހިތްވަރު އެލުވާނުލައި، އަނެއްދުވަހު މަސައްކަތަށް ނުކުތް ކިތަންމެ ޑޮކްޓަރުންނެއްވެސް މީގެތެރޭގައި ހިމެނެއެވެ. ވައިރަސް ޖެހުމުން އެ ވޭނާއި ހަނގުރާމަކޮށް ބަލިން ރަނގަޅުވެ، އަލުން ސިއްހީ ހިދުމަތަށް ނުކުތް ޑޮކްޓަރުންވެސް މަދެއް ނޫނެވެ.

ދިވެހި ރައްޔިތުން ގާތުގައި ގޭގައި މަޑުކުރުމަށް އެދި މި ނުރައްކާތެރި ވައިރަހާއި ކުރިމަތިލަމުންދާ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ އާއިލާތައްވެސް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. މަސައްކަތަށްފަހު ގެއަށް ވަންނައިރު، ގެއަށް ވައިރަސް ވައްދާ މީހަކީ ތިމާއަށް ނުވާނޭކަމުގެ އެއްވެސް ޔަގީންކަމެއް މިފަދަ ޑޮކްޓަރުންނަށާއި ސިއްހީ އެހީތެރިންނަކަށް ނެތެވެ. 

އެހެންކަމުން ދުޅަހެޔޮ ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ ބޭއްވުމަށްޓަކައި މިފަދަ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ކުރަމުންދާ ބުރަ މަސައްކަތްތައް ޝުކުރު އަދާކުރުމަކުން އަދި ފުއްދާލެވޭކަށް ނެތެވެ.

ޑޮކްޓަރުން ރެއާދުވާލު ކުރަމުންދާ އާދޭސްތަކަށް ބޯލަނބައި ގޭގައި މަޑުކޮށްލުމަކީ މިފަދަ ދުވަހެއްގައި ޑޮކްޓަރުންނަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަށް ވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ