އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 17/04/2020

މިހާރު އޮތް ހާލަތުގައި 100،000 މީހުންނަށް ބަލި ޖެހި 2،000 މީހުން މަރުވުމުގެ ފުރުސަތު އެބަ އޮތް. ވިސްނާލުން މުހިންމު ކަމެއް!

މިރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 17/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިވިގެން ދިޔައީ ކަންބޮޑުވާން ޖެހޭ ޚަބަރެކެވެ. ކުރިން އަންތާޒާ ކުރެވުނު އަދަދުތަކަށް ބަދަލުއައިސް ކޮވިޑް-19 ގެ ނުރައްކާ ހީކުރި ވަރަށް ވުރެ ބޮޑުކަމަށް ފަހުގެ ދިރާސާއިން ދައްކައިފިއެވެ.

މިހެން މިކަންތައް މިދިމާވީ ގައިދުރު ކުރުމަށް ގޮވާލާފައިވާ ގޮވާލުމަށް އާއްމުން އެއްބާރުލުން ނުދިނުމުން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވިއެވެ. ޕަބްލިކް ހެލްތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޝީނާ ވިދާޅުވީ މިހާރު އޮތް ހާލަތުގައި ލައްކަ އެއްހާ މީހުންނަށް ބަލި ޖެހި ދެ ހާސް މީހުން ބަލީގެ ސަބަބުން މަރުވުމުގެ ފުރުސަތޮ އޮތް ކަމަށެވެ.

"ލައްކައެއްހާ މީހުންނަށް ބަލި ޖެހިދާނެ. މިއީ ހަދާފައި އޮތް ދިރާސާއެއް. އެކަމަކު މަހެއްހާ ދުވަހުގެ ތެރޭގައި ޕީކަށް އެބަތިބޭ. ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ."

މީގެ އިތުރުން މިހާރުވެސް 100 އެއްހާ ކޭސް މުޖުތަމައު ތެރޭގައި ހުރެދާނެ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު އޮތް ހާލަތު ރަނގަޅު ކުރެވޭނީ ގައިދުރުކުން އިސްކޮށްގެން ކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭ 29،000 ކޭސްތޯ ނުވަތަ 19،000 ކޭސްތޯ ރާއްޖެއިން ފެންނާނީ އެއީ އާއްމުންގެ އަތް މަތީ އޮތްކަމެއްކަމަށެވެ.

އަދި މިހާރު ކުރަމުން އަންނަ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ މީހަކުވެސް ތެދު މައުލޫމާތު ހިއްސާ ކުރުމުގެ މުހިންމުކަންވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދިޔައިރު ގައުމުތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތް ދެވޭވަރަށް ވުރެ އިތުރަށް ގިނަ ބަޔަކު އެއްފަހަރާ ބަލިވުމެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ އެންމެ ފަހުން ކުރެވުނު ދިރާސާއަށް ބަލާފައި ރާއްޖޭގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ.

"ހާރު އެ އޮތް ޓްރެންޑްގައި މިކަން ހިނގައްޖިއްޔާ އަޅުގަނޑުމެންނަކަށް ފަރުވާދެވޭނެ ގޮތެއް ނެތް. އެއީ މުޅި ރާއްޖޭގެ ހުރިހާ ޑޮކްޓަރުން މާލެ ގެނެސްގެން ވެސް. އެއީ ވަރަށް އަންއެތިކަލް ކަމެއް. އެކަމަކު ވެސް ނެތް ފަރުވާދެވޭކަށް މިކަމަށް ރައްޔިތުން ސަމާލުކަން ނުދީފިއްޔާ."

ޑރ. ނަޒްލާ ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. 

"ޖެނުއަރީން ފެށިގެން އަޅުގަނޑުމެން މިހާރު ވެސް ވަނީ ކެޕޭސިޓީ އިތުރުކޮށްފައި. ވަރަށް ބައިވަރު ކަންކަން ކުރެވިއްޖެ. ފެސިލިޓީތައް ގާއިމްކުރެވި ބެޑްތައް އިތުރުކުރެވިއްޖެ. އެކަމަކު އަޅުގަނޑުމެން ދަންނަވަނީ މިހާރު ފެތުރެމުންދާ ގޮތުން މިހާރު ހުރި ކެޕޭސިޓީ އަށް ވެސް އެ ކެތެއް ނުކުރެވޭނެއޭ."

އާއްމުންގެ ފަރާތުން ސިއްހީ މާހިރުން އެދިލައްވަނީ ގޭގައި މަޑުކޮށް ގައިދުރު ކުރުން އިސްކުރުމެވެ. މިވަގުތު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ މިއީއެވެ.

މީގެ އިތުރުން ފާއިތުވި 14 ދުވަސް ތެރޭ ބައްދަލުވި މީހުންގެ ލިސްޓެއް އެކުލަވާލެއްވުމަށް ޑރ. ނަޒްލާ މިރޭ ވިދާޅުވިއެވެ. މިގޮތަށް ކަންތައް ކުރެއްވުމަށް މަބްރޫކް އަޒީޒް ވެސް ވަނީ އާއްމުންގެ ފަރާތުން އެދިލައްވާފައެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތަށް އިތުރު ފަސޭހައަކަށް ވެގެންދާނެ އެއްޗެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ