އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 16/04/2020

ކޮރޯނާވައިރަސް ވައިގެ ތެރޭ 13 ފޫޓަށް ދަތުރު ކުރޭ، ބޫޓުގައި ދިރިއުޅޭ: ސީޑީސީ

އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިއު ކުރި ދިރާސާއެއް ގައި ބުނާގޮތުން މިހާރު ފެތުރޭ ކޮރޯނާވައިރަސް 13 ފޫޓާއި ހަމައަށް ދަތުރު ކުރެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 16/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިހާތަނަށް ސިއްހީ މާހިރުން ދީފައިވާ އިރުޝާދަކީ އެކަކު އަނެކަކާ 6 ފޫޓު ދުރުގައި ތިބުމަށެވެ. ނަމަވެސް ފަހުގެ ދިރާސާއެއްގައި ވާގޮތުން ކޮރޯނާވައިރަސް ވަނީ ބަލިމީހުންނާ 13 ފޫޓު ދުރުން ދެނެގަނެވިފައެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިއު ކުރި ދިރާސާއެއް ގައި ބުނާގޮތުން މިހާރު ފެތުރޭ ކޮރޯނާވައިރަސް 13 ފޫޓާއި ހަމައަށް ދަތުރު ކުރެއެވެ.

ފެބްރުއަރީ 19 އިން މާރޗް 2 އަކަށް ކުރެވުނު މިދިރާސާގައި ބަލާފައިވަނީ ވައިރަސް ފުރަތަމަ ފެތުރެން ފެށި ވޫހާންގެ ހޮސްޕިޓަލެކެވެ. މިތަނުގެ އައިސީޔޫ ކޮޓަރި ތަކުގެ ބިންމަތި އަދި އެތާ މަސައްކަތް ކުރާ މުވައްޒަފުންގެ ބޫޓުގެ ދަށްފުށުން ވައިރަސް ދެނެގަނެވުނެވެ.

ދިރާސާވެރިން ބުނެފައިވާ ގޮތުގައި މިހޮސްޕިޓަލުގައި ބަލިމީހުން ޒިޔާރަތްކޮށްފައި ނުވާ ފާމަސީއެއްގެ ބިންމަތިން ވައިރަސް ދެނެގަނެވިފައި ވެއެވެ. އަދި އެހޮސްޕިޓަލުގެ އައިސީޔޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންގެ ބޫޓުގެ ދަށްފުށުން ވައިރަސް ފެނިފައިވެއެވެ. އެހެންކަމުން ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޫޓުތަކުގެ ދަށްފުށް ޑިސްއިންފެކްޓް ކުރުމަކީ މުހިންމު ކަމެއްކަމުގައި ދިރާސާވެރިން ސިފަކުރެއްވިއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ކޮމްޕިއުޓަރ "މައުސް" ތަކުގައި، ޑަސްޓްބިންތައް އަދި އެނދުތަކުގެ ފަޑީގައިވެސް ވައިރަސް ހުރިކަން ވަނީ ހޯދިފައެވެ.

މީގެ ކުރިން ހުސްވި މާރޗް މަހު ޝާއިއު ކުރެވުނު އެހެން ދިރާސާއެއްގައި ވާގޮތުން މިވައިރަސްގެ ތިކިތައް 27 ފޫޓު ދުރަށް ދަތުރުކުރެއެވެ. މިދިރާސާ ހަދައިވަނީ އެމެރިކާގެ މަޝްހޫރު ޔުނިވަރިސިޓީ އެމްއައިޓީގެ ސައިންސްވެރިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ