އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/04/2020

ކޭސް 21 އާއި ގުޅިގެން މާލޭ ސަރަހައްދުން 11 ތަނެއް މޮނީޓަރިންގެ ހާލަތަށް 

ކޭސް 21 އަކީ އިއްޔެ މާލޭއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އަދި މިމީހާ އާއި ކޮންޓެކްޓް ޓްރޭސްވި ދެމީހަކު ރޭ ވަނީ މާލެއިން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެއިން އިއްޔެ ފެނުނު ކޮރޯނާވައިރަހުގެ 21 ވަނަ ކޭސް އާއި ގުޅިގެން މާލެއިން 11 ތަނެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ކޭސް 21 އަކީ އިއްޔެ މާލޭއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އަދި މިމީހާ އާއި ކޮންޓެކްޓް ޓްރޭސްވި ދެމީހަކު ރޭ ވަނީ މާލެއިން ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މާލެއމޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ:

 ހުޅުމާލޭ ލޮޓް: 11090
 ހ. ރަތްކުރެދި އާރު
 މ. ފީރޯޒުގެ (6-ބީ)
 މ. ލޯކަށި (3-ސީ)
 މ. ސޯސަންމާގެ
 ހ. ފެނިގެއްލިދާގެ (7 ވަނަ ފްލޯ)
 ހުޅުމާލޭ ފްލެޓް (6-2-02)
 އަމީނީ އެވެނިއު ޓީކް (905)
 މ. ނާގޯޝުވިލާ (7 ވަނަ ފްލޯ)
 ހުޅުމާލެ ލޮޓް: 11296
 މއ. އޯކިޑް

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 23 އަށް އަރާފަ އެވެ. އަދި މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމުން އެޗްޕީއޭއިން ކުރި ލޮކްޑައުންވަނީ އިތުރު 24 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ