އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/04/2020

އިތުރު 24 ގަޑިއިރަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

އެޗްޕީއޭއިން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައި މިވަނީ މާލެއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކޮށްފި އެވެ.

އެޗްޕީއޭއިން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައި މިވަނީ މާލެއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކުރިކަން އަންގާ އެޗްޕީއޭއިން ނެރުނު ބަޔާނުގައިވަނީ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން، އެޗްޕީއޭއިން އަންގާ ވަގުތުން ފެށިގެން އިތުރު 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިގިލީގެ މަގުމައްޗަށް ނިކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

މި އެންގުމުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

1. މާލޭ ސަރަހައްދުގައި މަގުތަކަށް ނުކުމެއުޅުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރުން.

2. މާލޭ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި، ފެރީ) ގެ ހިދުމަތް ހުއްޓާލުން

3. މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި، ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން

އެޗްޕީއޭއިން ބުނީ އެ އެޖެންސީއިން އެޅި ފިޔަވަޅުތަކުން ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ އިދާރާތަކުގެ އުޅަނދުތައް ދުއްވާ މުވައްޒަފުންނާއި، އެން.އީ.އޯ.ސީގެ ހާއްސަ ހުއްދަ ލިބިފައިވާ މީޑިޔާތަކާއި އަދި ފަރާތްތައް އިސްތިސްނާވާނޭ ކަމަށެވެ.

އެޗްޕީއޭއިން ވަނިކޮށް މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި އާންމުންގެ ކިބައިން އެދިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ