އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

ކޯވިޑް-19: މާލެއިން ތިންވަނަ މީހަކު ވައިރަހަށް ޕޮޒިޓިވް ވެއްޖެ

އިތުރު މީހަކު ވައިރަހަށް ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 23އަށް އަރާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އާއި ކޮންޓެކްޓްވި އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިތުރު މީހަކު ވައިރަހަށް ޕޮޒިޓިވް ވުމާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 23އަށް އަރާފައެވެ.

މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން، އެޗްޕީއޭއިން ވަނީ މާލެ ހިމެނޭ ސަރަހައްދު 24 ގަޑިއިރަށް ލޮކް ޑައުންކޮށްފަ އެވެ. އަދި މާލެއިން އަރާ ފޭބުންވެސް ވަނީ މަނާކޮށްފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ޓެގް ޓީމުން މީގެކުރިންވަނީ މާލެއިން ކޯވިޑް-19ގެ އެންމެ ކޭސްއެއް ފެނުނަސް އެވާނީ ކޮމިއުނިޓީ ސްޕްރެޑަކަށް ކަމަށް ބުނެފަ އެވެ. އަދި މާލޭ ސަރަހައްދުން ވައިރަސް ފެނިއްޖެނަމަ 46،000 މީހުންނަށް ވައިރަސް ފެތުރިދާނެކަމަށް ޓެގް ޓީމުންވަނީ ލަފާކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ