އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ މީހަކީ ތުއްތު ކުއްޖެއް

އެޗްޕީއޭއިން ބުނިގޮތުގައި މާލެއިން ވައިރަހަށް ޕޮޒިޓިވްވި ދެވަނަ މީހަކީ މިއަދު މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއި އާއި ކޮންޓެކްޓްވި ފަރާތެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެއިން ޕޮޒިޓިވްވި މީހާއި އާއި ކޮންޓެކްޓްވި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއީ ތުއްތު ކުއްޖެކެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މާލެއިން ވައިރަހަށް ޕޮޒިޓިވްވި ދެވަނަ މީހަކީ މިއަދު މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއި އާއި ކޮންޓެކްޓްވި ފަރާތެކެވެ.

މީގެ އިތުރުން ފުރަތަމަ ޕޮޒިޓިވް ވި މީހާއާއި ކޮންޓެކްޓްވި ކަމަށް ބެލވޭ އިތުރު 10 މީހުންގެ ޓެސްޓު ވަނީ ނެގަޓިވް ވެފައި ކަމަށްވެސް އެޗްޕީއޭ އިން ކަށަވަރު ކުރިއެވެ.

މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން، އެޗްޕީއޭއިން ވަނީ މާލެ ހިމެނޭ ސަރަހައްދު 24 ގަޑިއިރަށް ލޮކް ޑައުންކޮށްފަ އެވެ. އަދި މާލެއިން އަރާ ފޭބުންވެސް ވަނީ މަނާކޮށްފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ޓެގް ޓީމުން މީގެކުރިންވަނީ މާލެއިން ކޯވިޑް-19ގެ އެންމެ ކޭސްއެއް ފެނުނަސް އެވާނީ ކޮމިއުނިޓީ ސްޕްރެޑަކަށް ކަމަށް ބުނެފަ އެވެ. އަދި މާލޭ ސަރަހައްދުން ވައިރަސް ފެނިއްޖެނަމަ 46،000 މީހުންނަށް ވައިރަސް ފެތުރިދާނެކަމަށް ޓެގް ޓީމުންވަނީ ލަފާކޮށްފަ އެވެ.

މިރޭ ޕޮޒިޓިވްވި މީހާ އާއިއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22އަށް އަރާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ