އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 15/04/2020

އާއްމުން 5 ކަމެއް ކޮށްދިނުމަށް ޑރ. އަލީ ލަތީފް އެދިލައްވައިފި

ކޮވިޑް-19 އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ މިބައްޔަކީ އަރިދަފުސް ރޯގާއެއް ނަމަވެސް އާދައިގެ ރޯގާއެއް ގޮތަށް ނުބެލެވޭނެ ކަމަށެވެ. (ފޮޓޯ: މިހާރު)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19 Dr Ali Latheef
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިޔަދު ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމަށް ދޭހަވެފައިވަނީ މިކޭސް އަކީ ކޮމިއުނިޓީ ޓްރާންސްމިޝަން އެއް ކަމަށެވެ.

"ކޮމިއުނިޓީ ޓްރާންސްމިޝަންގެ މާނައަކީ ސީދާ ކޮވިޑް ކޭސް އަކާ އެއްވެސް ގުޅުމެއް ނެތް ޕޭޝަންޓެއް ކޮވިޑް އަށް ޕޮޒިޓިވް ވުން" ޑރ. އަލީ ލަތީފް ތަފްސީލް ކޮށްދެއްވިއެވެ.

ނަމަވެސް މިކަން ޔަގީންވާނީ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ނިމުމުންކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. 

ކޮވިޑް-19 އާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ މިބައްޔަކީ އަރިދަފުސް ރޯގާއެއް ނަމަވެސް އާދައިގެ ރޯގާއެއް ގޮތަށް ނުބެލެވޭނެ ކަމަށެވެ. އަދި 80 އިންސައްތަ މީހުންނަށް ތަޖުރިބާ ކުރެވެނީ އާދައިގެ ރޯގާއެއްގެ އަލާމާތްތަކަށް ވާއިރު، ބާކީ 20 އިންސައްތަ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވެއެވެ. އޭގެ ތެރެއިން 5 އިންސައްތަ މީހުންނަކީ އައިސީޔޫ ގައި އެޑްމިޓް ކުރެވޭ މީހުންނެވެ. އަދި މިބަލީގެ ސަބަބުން 2 އިންސައްތަ މީހުން މަރުވެއެވެ.

މީގެ އިތުރުން ޑރ. އަލީ ލަތީފް ވަނީ މުޖުތަމައު ތެރޭ މިބައްޔާ މެދު ބައެއް ފަރާތްތަކުން ސީރިއަސް ނުވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިނުރައްކާތެރި ބަލިން ސަލާމަތްވެވޭނެ އެންމެ ރަނގަޅު ގޮތަކީ ގޭގައި މަޑުކުރުން ކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ. 

މިއާއެކު މުޖުތަމައު ތެރޭ ބަލިފެތުރުން މަދުކުރުމުގެ ގޮތުން ޑރ. އަލީ ލަތީފް ވަނީ 5 ކަމަކަށް އާއްމުންގެ ފަރާތުން އެދިލައްވާފައެވެ.

  • މަގުމައްޗަށް ނުނިކުމެ، ގޭގައި މަޑުކުރުން
  • ރޯގާ ޖެހިއްޖެ ނަމަ ހޮސްޕިޓަލަށް ނުގޮސް ހޮޓްލައިން (1676) އަށް ގުޅުން
  • ރޯގާ ޖެހިއްޖެ ނަމަ ގޭތެރޭ އެހެން މީހުންނާ ދުރުގައި އުޅުން
  • ރޯގާ ޖެހިއްޖެ ނަމަ މާސްކް އެޅުން
  • އުމުރުން ދުވަސްވީ މީހުން (60 އަހަރުން މަތީ މީހުން)، މާބަނޑު އަންހެނުން އަދި ކުޑަކުދިން މަގުމައްޗަށް ނުނިކުތުން

މިފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިންމު ފިޔަވަޅުކަމަށްވާ ގޭގައި މަޑުކުރުން ވެކްސިންއެއް ލިބެންދެން އަމަލު ކުރަން ޖެހިދާނެ ފިޔަވަޅެއްގެ ގޮތުގައި ޑރ. އަލީ ލަތީފް ފާހަގަ ކުރެއްވިއެވެ. އަދި މިކަމަށް އަހަރެއްވެސް ނަގާފާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް މީގެ އިތުރަށް ވިދާޅުވެފައިވަނީ ކަމާބެހޭ ފަރާތްތަކުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު ކަމަކީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްތައް ކަމަށެވެ. އަދި ލޮކްޑައުންއަކީ ގިނަބަޔަކަށް ބޮޑު ތަކްލީފެއް ނަމަވެސް މިއީ ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ކުރުމަށް ލިބޭ އިތުރު ވަގުތު ކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ކަމާބެހޭ ފަރާތްތަކުން އަދި އާންމުން ނަގާ ފިޔަވަޅުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ