އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

މިނިސްޓަރ އަމީންގެ އިލްތިމާސް: މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން! 

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19ގެ ފަރުވާ އަކީ ގޭގައި ތިބުމާއި، އެކަކު އަނެކަކާއި ދެމެދު ބާއްވަންޖެހޭ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދަޅުވެއްޖެ އެވެ.

މާލެއިން ފުރަތަމަ ފަހަރަށް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައިވުމުން ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދޭނެ އިންތިޒާމްތައް ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް ކޯވިޑް-19އަށް އޮތް އެންމެ ބޮޑު ފަރުވާ އަކީ ގޭގައި ތިބުންކަމަށާއި، އެކަކު އަނެކަކާއި ދެމެދު ބާއްވަންޖެހޭ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަމީންވަނި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

އަދި މި ވަގުތު ހާސްކަމުގެ ތެރޭގައި ފިހާރައިގައި ހުރި ހުރިހާ އެއްޗެއް ގަންނަން އުޅެފިނަމަ، ބަލި ފެތުރުމަށް ބޮޑަށް މަގުފަހިވެގެން ދާނޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރ ވިދާޅުވީ މި ދުވަސްކޮޅުގެ މި ހިސާބުގައި ވައިރަސް އިތުރަށް ފެތުރިދާނޭކަމަށް ޓެގް ޓީމުން މީގެކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައިވެސް ކެތްތެރިކަމާއެކު އެކަކު އަނެކަކަށް އަޅާލުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ