އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށްފި

އެޗްޕީއޭ އިން ވަނީ ދާދި ދެންމެއަކު މިކަން އިއުލާނުކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ، ހުޅުމާލެ އަދި ވިލިގިލި 24 ގަޑިއިރަށް ލޮކްޑައުންކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިފަދައިން ނިންމާފައިވަނީ މިއަދު މާލެއިން ކޯވިޑް-19އަށް ފުރަތަމަ މީހާ ޕޮޒިޓިވްވެފައި ވަނިކޮށެވެ.

ލޮކްޑައުން ކުރިކަން އަންގާ އެޗްޕީއޭއިން ނެރުނު ބަޔާނުގައިވަނީ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން، އެޗްޕީއޭއިން އަންގާ ވަގުތުން ފެށިގެން 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިގިލީގެ މަގުމައްޗަށް ނިކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.

މި އެންގުމުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

1. މާލޭ ސަރަހައްދުގައި މަގުތަކަށް ނުކުމެއުޅުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރުން.
2. މާލޭ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި، ފެރީ) ގެ ހިދުމަތް ހުއްޓާލުން
3. މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި، ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން

އެޗްޕީއޭއިން ބުނީ އެ އެޖެންސީއިން އެޅި ފިޔަވަޅުތަކުން ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ އިދާރާތަކުގެ އުޅަނދުތައް ދުއްވާ މުވައްޒަފުންނާއި، އެން.އީ.އޯ.ސީގެ ހާއްސަ ހުއްދަ ލިބިފައިވާ މީޑިޔާތަކާއި އަދި ފަރާތްތައް އިސްތިސްނާވާނޭ ކަމަށެވެ.

އެޗްޕީއޭއިން ވަނިކޮށް މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި އާންމުންގެ ކިބައިން އެދިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ