އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 15/04/2020

ކޮވިޑް-19 މުޖުތަމައު ތެރޭ ފެތުރެން ފެށުމާއެކު ރައްކާތެރިވުމުގެ ގޮތުން ކުރަންވީ ކޮންކަމެއް؟

މިދަނޑިވަޅުގައި ރަނގަޅު ފިޔަވަޅުތައް ނެގުމަކީ އަމިއްލަ ނަފްސާއި މުޖުތަމައުގެ އެހެނިހެން މީހުން ވައިރަސްއިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލޭ ސަރަހައްދުން ދިވެހި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަން އިއުލާނުކޮށްފައެވެ. 

މި މީހާ ދެނެގަނެވިފައިވަނީ 14 އޭޕްރިލް ވަނަ ދުވަހުއެވެ. އަދި އޭނާ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ގޮސްފައި ނުވާކަން އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން މިއީ މުޖުތަމައު ތެރޭގައި ކޮވިޑް-19 ފެތުރުނުކަން ދައްކައިދޭ ފުރަތަމަ ކޭސް އެވެ.

މިފަދަ ހާލަތެއްގައި ކަންބޮޑުވުމާއި ހާސްވުން އިތުރުވާނެކަން ޔަގީނެވެ. އެހެންނަމަވެސް މިދަނޑިވަޅުގައި ރަނގަޅު ފިޔަވަޅުތައް ނެގުމަކީ އަމިއްލަ ނަފްސާއި މުޖުތަމައުގެ އެހެނިހެން މީހުން ވައިރަސްއިން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

ރައްކާތެރިވުމުގެ ގޮތުން ކުރަންވީ ކޮންކަމެއް؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އެމެރިކާގެ ސީޑީސީ އިން އަޅަން އަންގާފައިވާ ފިޔަވަޅުތައް:

  • މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
  • ބަލިވެފައިވާ މީހަކު ނުވަތަ ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހަކާ މަދުވެގެން 6 ފޫޓު ދުރުގައި ހުރުން
  • އުމުރުން ދުވަސްވީ މީހެއް ނަމަ، ނުވަތަ ދާއިމީ ބައްޔެއް ހުރި މީހެއް ނަމަ، އެހެން މީހުންނާއި ދުރުގައި އުޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން (20 ސިކުންތު ވަންދެން)، ނުވަތަ 60 އިންސައްތަ އަލްކަހޮލް ހިމެނޭ ސެނިޓައިޒާ ބޭނުންކުރުން
  • ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާ ކުރުން
  • ލޯ، ނޭފަތް އަދި އަނގައިގަ އަތްލުން މަދުކުރުން
  • ގޭ ތެރޭ އާއްމުކޮށް އަތްލެވޭ ތަންތަން ގަވާއިދުން ސާފު ކުރުން/ޑިސްއިންފެކްޓް ކުރުން

ބޭރަށް ނުކުންނަ އިރު މާސްކް އަޅަން ވީތަ؟

އެމެރިކާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން މީހުން އެއްވެ އުޅޭ ތަންތަނަށް ދާނަމަ (މިސާލު: ފިހާރަ) ފޮތި މާސްކް އެޅުމަށް ސީޑީސީ އިން ވަނީ އަންގާފައެވެ. 

މިގޮތަށް އަންގާފައިވަނީ ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިންވެސް ވައިރަސް ފެތުރޭކަން ހޯދުންތަކުން ދައްކާފައިވާތީއެވެ. މިފަދަ މާސްކްތައް ބޭނުންކުރުމުން މުޖުތަމައުގައި ބަލި ފެތުރުން މަދު ކުރެވޭނެއެވެ. 

އާއްމުންނަށް ފޮތި މާސްކް އެޅުމަށް އަންގާފައިވަނީ ދުނިޔޭގައި މަދުވަމުންދާ ސަރޖިކަލް މާސްކް އަދި N-95 ރެސްޕިރޭޓަރ މާސްކް ސިއްހީ އެހީތެރިން ބޭނުންކުރުމަށް ބެހެއްޓުމުގެ ގޮތުންނެވެ.

ބައްޔައް ޝައްކުވާނަމަ ނުވަތަ ބަލި ޖެހިއްޖެނަމަ ކުރާނީ ކޮން ކަމެއް؟

ކޮވިޑް-19 ގެ އަލާމާތްތައް (ހުން އައުން، ކެއްސުން، ނޭވާ ކުރުވުން) ފެނި ބައްޔަށް ޝައްކު ކުރެވޭނަމަ އެޗްޕީއޭ އިން އިލްތިމާސް ކުރަނީ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ހޮޓްލައިނަށް (1676) ގުޅުމަށެވެ. މިހެން ކަންތައް ކުރުމުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރެވޭނެއެވެ.

ތިމާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް:

  • ވަޒީފާ، ސްކޫލް އަދި ބޭރަށް ނުގޮސް ގޭގައި މަޑުކުރުން 
  • އެހެން މީހުން ކައިރީ މާސްކް އެޅުން
  • އެހެން މީހުންނާ ވީހާވެސް ދުރުގައި އެކަހެރިކޮށް އުޅުން
  • ވަކި ކޮޓަރިއެއް އަދި ފާހާނާއެއް ބޭނުން ކުރެވޭނަމަ ބޭނުން ކުރުން
  • ކާން ބޯން ބޭނުން ކުރާ ތަށި އަދި ގޭ ތެރޭ ބޭނުން ކުރާ އެހެނިހެން ތަކެތި އެހެން މީހަކާ ހިއްސާ ނުކުރުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ