އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

ޕޮޒިޓިވް ވެފައިވަނީ ފަހުގެ ތާރީހެއްގައި އެއްވެސް ޤައުމަކަށް ދަތުރުކޮށްފައި ނުވާ މީހެއް: އެޗްޕީއޭ

އެޗްޕީއޭއިން ވަނީ މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝަދުތައް އަޑުއަހާ، އެގޮތަށް އަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހާ މިފަހުގެ ތާރީހެއްގައި އެއްވެސް ޤައުމަކަށް ދަތުރުކޮށްނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދު މާލޭ ސަރަހައްދުން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އިއްޔެ މާލޭ ހިޔަ ކައިރީގައި ހުންނަ ފްލޫ ކްލިނިކަށް ދައްކާފައިވާ މީހެއް ކަމަށެވެ. 

އަދި މިކަން ކަށަވަރުވި ވަގުތުން ފެށިގެން ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޕޮޒިޓިވްވި މީހާ އައިސޮލޭޓްކޮށް ވައިރަސް ފެނުނު މީހާ ދިރިއުޅެމުންދާ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ ޕޮޒިޓިވްވި މީހާ ދިރިއުޅުނު ގޭގެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝަދުތައް އަޑުއަހާ، އެގޮތަށް އަމަލުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގެއިންބޭރަށް ނުނިކުތުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނި އެދިފައެވެ.

މާލެ ސަރަހައްދުން ޕޮޒިޓިވްވި މިމީހާ އާއިއެކު ރާއްޖެއިން ފެނުނު ކޯވިޑް-19ގެ ކޭސްތަކުގެ އަދަދުވަނީ 21އަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ