އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

އެއް މިލިޔަން މީހުންނަށް ވައިރަސް ޖެހެން 93 ދުވަސް ނެގިއިރު، ދެ މިލިޔަނަށް ބަދަލުވާން ނެގީ އެންމެ 13 ދުވަސް! މިވީ ކިހިނެތް؟

މިކަމުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ނޭވާލާ ނިޒާމަށްޖެހޭ މި ކުޑަކުޑަ ވައިރަސް ކޮންޓްރޯލްވުމުގެ ކޮޅުމަތިވެސް އަދި ފެންނަން ނެތްކަމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މުޅިދުނިޔޭގައި ފެތުރެމުން ދާ ކޯވިޑް-19 މިހާރު މިވަނީ 2،000،734 މީހުންނަށް ޖެހިފައެވެ. 93 ދުވަސްތެރޭގައި އެއް މިލިޔަން މީހުންނަށް ޖެހުނު މިވައިރަސް، 13 ދުވަސްތެރޭގައި ވަނީ އިތުރު އެއް މިލިޔަން މީހުންނަށް ޖެހިފައެވެ.

މިކަމުން ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ނޭވާލާ ނިޒާމަށްޖެހޭ މި ކުޑަކުޑަ ވައިރަސް ކޮންޓްރޯލްވުމުގެ ކޮޅުމަތިވެސް އަދި ފެންނަން ނެތްކަމެވެ.

ކޮރޯނާވައިރަސް ފެތުރެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އިޖްތިމާއީ ގައިދުރުކަން ނެތުމެވެ. މިކަމަށް އެދި ސިއްހީ މާހިރުން ކުރާ އާދޭސްތަކަށް ގިނަމީހުން ދެނީ ބީރު ކަންފަތެކެވެ.

މީގެ އެއް މިސާލަކީ އިޓަލީ އާއި އެމެރިކާ އެވެ. މީގެ މަސްދުވަހެއްހާ ކުރިން އެ ދެ ޤައުމުގެ ސިއްހީ އިދާރާތަކުން ދެމުންދިޔަ އިންޒާރުތަކަށް ތަބާނުވުމުގެ އަސްލަކަށްވީ އެތައްހާސް ފުރާނައެއް ގެއްލުމެވެ. 

ކޯވިޑް-19 ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވެން ފަށާފައިވާ އިޓަލީއިން މި ވައިރަސް ޖެހިގެން ވަނީ 21،067 މީހުން މަރުވެފައެވެ. އަދި 162،482 މީހުންވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އިޓަލީގެ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވަނީ އެކަމުގެ ސީރިޔަސްކަން ފެނި، ހާލަތު ކޮންޓްރޯލުން ނެއްޓިފައި ވަނިކޮށެވެ. ސިއްހީ ވަސީލަތްތައް ހުސްވެ، އެތަކެއް ޑޮކްޓަރުންނާއި ނަރުހުންތަކެއްގެ ފުރާނަ ގެއްލިފައި ވަނިކޮށެވެ.

އާބާދީބޮޑު އެމެރިކާއަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. އެޤައުމުން ފާއިތުވި ބައެއް ދުވަސްތަކުގައި ދުވަހެއްގެ މައްޗަށް ދެހާހަކަށް މީހުންވެސް މި ވައިރަސް ޖެހިގެން މަރުވެފައި ވެއެވެ. ކުރިން އިޓަލީއަށްވުރެ މަދުން މީހުން މަރުވި އެމެރިކާއިން މީހުން މަރުވެފައިވާ އަދަދު މިހާރު އޮތީ އިޓަލީއަށްވުރެ ކުރީގަ އެވެ. 26،064 މީހުން އެމެރިކާއިން މަރުވެފައިވާއިރު، 614،246 މީހުންނަށް މި ވައިރަސްވަނީ ޖެހިފައެވެ.

ދުނިޔޭގައި ކޯވިޑް-19 ޖެހުނު ޤައުމުތަކުގެ ތެރޭގައި ބޮޑު އިންސައްތައެއް ހިއްސާކުރާ ޤައުމުތަކަކީވެސް މިއީއެވެ. ބޮޑު ނަތީޖާއެއް ނުކުންނާނީ ކުޑަ ނަތީޖާއަކަށްފަހުގައި ކަން ނުދަތުމުގެ ނަތީޖާއަކީ މިއީ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ