އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/04/2020

މާލޭ ސަރަހައްދުން ފުރަތަމަ ފަހަރަށް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

މިކަން ކަށަވަރު ކޮށްފައިވަނީ އެޗްޕީއޭ އިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލޭއިން ފުރަތަމަ ފަހަރަށް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ދާދި ދެންމެއަކު ބުނިގޮތުގައި މާލޭއިން ޕޮޒިޓިވްވެފައި ވަނީ ދާދިފަހުން ފްލޫ ކްލިނިކަށް ޒިޔާރަތްކޮށްފައިވާ ދިވެއްސެއް ކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ހަވަނަ ދިވެހި މީހާއެވެ. މި ކޭސް އާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ވިއްސަށް އަރާފައެވެ. އޭގެތެރެއިން 3 ދިވެއްސަކު ހިމެނޭގޮތަށް، ޖުމްލަ 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ

ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޓެގް ޓީމުންވަނީ ރޭ ވަނީ މާލޭތެރޭގައި ކޯވިޑް-19 ފެތުރިއްޖެނަމަ ގާތްގަނޑަކަށް 46،000 މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފަ އެވެ. 

އެހެންނަމަވެސް މިއަދަދަކީ ކޮވިޑް-19 އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނުނަގާ ހާލަތުގައި ބަލި ފެތުރޭނެ ވަރުކަމަށް ޓެގް ޓީމުގެ ފަރާތުން ޑރ. ނަޒްލާ ރަފީޤް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި  އެންމެ ގިނަ ބަޔަކު ރާއްޖޭގައި ޕޮޒިޓިވް ވާނެ ކަމަށް ބެލެވެނީ ބަލި ފުރަތަމަ ފެތުރޭތާ 47 ވަނަ ދުވަހު ކަމަށްވެސް ޑރ. ނަޒްލާ ފާހަގަ ކުރައްވާފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ