އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/04/2020

ކޯވިޑް-19ގައި ސީރިޔަސްވާ މީހުން، ރަނގަޅުވިޔަސް ދޫކޮށްލާނީ އިތުރު 14 ދުވަސް ފަހުން: ޑރ. މުހައްމަދު އަލީ 

ރާއްޖެއިން މިހާތަނަށް 20 މީހުންނަށް ކޯވިޑް-19 ޖެހުނުއިރު، އޭގެތެރެއިން 14 މީހުންވަނީ ބަލިން ރަނގަޅުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 ޖެހިގެން ހާލު ސީރިޔަސް ވާ މީހުން ބަލިން ރަނގަޅުވި ނަމަވެސް، އާންމު މުޖުތަމައުއަށް ދޫކުރާނީ ފުރަތަމަ ނެގެޓިވް ނަތީޖާ ލިބޭތާ 14 ދުވަސްފަހުން ކަމަށް އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މިހާތަނަށް 20 މީހުންނަށް ކޯވިޑް-19 ޖެހުނުއިރު، އޭގެތެރެއިން 14 މީހުންވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލިން އެންމެ ފުރަތަމަ ރަނގަޅުވި އިޓަލީގެ ދެ ފަތުރުވެރިން ދޫކޮށްލުމުން އެމީހުން މިހާރުވަނީ އެނބުރި ޤައުމަށް ގޮސްފަ އެވެ.

ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވުމަށް ހަދާ ޓެސްޓަށްފަހު 14 ދުވަސްފަހުން އަނެއްކާވެސް ކޯވިޑް-19ގެ ޓެސްޓެއް ހަދާނޭ ކަމަށެވެ. އަދި އެ ޓެސްޓުން ބަލި މީހާ ކޯވިޑް-19އަށް ނެގެޓިވްވެއްޖެ ނަމަ އިތުރު 14 ދުވަސް ވަންދެން ބެލުމަށްފަހު ގެއަށް ދޫކޮށްލާނީ ދެވަނަ ފަހަރަށްވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

 އެހެންކަމުން ޕޮޒިޓިވްވާ ދުވަހުން ފެށިގެން ގެއަށް ދޫކުރުމާއި ދޭތެރޭ ގާތްގަނޑަކަށް 28 ދުވަސް ނަގާނޭކަމަށް ޑޮކްޓަރ ވަނީ ލަފާކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ