އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/04/2020

ކޮވިޑް-19: ހާލުބޮޑުވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކުގެ ސިކުނޑިއަށް އަސަރު ކުރޭ- ދިރާސާ

ދިރާސާގައި ފާޙަގަކޮށްފައިވާ ގޮތުން ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވުމުގެ ފުރުސަތު އެންމެ ބޮޑީ ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ އުމުރުން ދުވަސްވީ މީހުންނަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/04/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ހާލުބޮޑުވާ މީހުންގެ ފަރާތުން ސްޓްރޯކް އަދި އެހެނިހެން ނިއުރޮލޮޖިކަލް (ސިކުނޑި އަދި ނާރުތަކުގެ) މައްސަލަތައް ފެނުމަކީ އާއްމު ކަމެކެވެ.

އެގޮތުން ވޫހާން ގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރުނު އިރު ފަރުވާ ދިން 214 މީހުން ވަނީ މިދިރާސާގައި ހިމަނާފައެވެ. މި މީހުންގެ ތެރެއިން 36.4 އިންސައްތަ މީހުންގެ ކިބައިން ނިއުރޮލޮޖިކަލް މައްސަލަތައް ފެނުނެވެ.

ބައެއް ފަހަރު މިމައްސަލަތައް ފެންނަނީ ކޮވިޑް-19 ގެ އަލާމާތްތައް ނެތް ހާލަތުގައެވެ. އެހެން ކަމުން މިފަދަ ނިއުރޮލޮޖިކަލް ބައްޔަކާއި ގުޅޭ އަލާމާތެއް ފެނިއްޖެނަމަ އެއީ ކޮރޯނާވައިރަސްގެ ސަބަބުން ވީކަމެއްގެ ގޮތުގައި ޑޮކްޓަރުންނަށް ބެލެވިދާނެކަމަށް ދިރާސާ ޓީމުގައި ބައިވެރިވި ޑރ. ބޯ ހޫ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިންސާނާގެ ސިކުނޑިއާއި ނާރުތަކަށް އަސަރުކޮށްފާނެ ކަމަށް މީގެ ކުރިންވެސް ސައިންސްވެރިން ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ހެއްކެއް ކަމަށް ބެލެވިފައިވަނީ މިބަލީގެ ސަބަބުން ނޭފަތުން ވަސް ދުވުން ހީނަރުވުން ބައެއް ކޭސްތަކުގައި ރިޕޯޓު ކުރެވިފައިވާތީއެވެ. މިހެން މިވަނީ ނާރުތަކަށް ކޮންމެވެސް ވަރަކަށް އަސަރުކުރާތީކަމަށް މާހިރުން ފާހަގަކުރައްވައެވެ. 

ޖާމާ ނިއުރޮލޮޖީ ގައި ޝާއިއުކޮށްފައިވާ ޑރ. ހޫ ގެ ޓީމުން ހެދި ދިރާސާގައި ބެލި ހުރިހާ ބަލިމީހުންނަކީ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު މީހުންނެވެ. އަދި އެމީހުންނަށް ފަރުވާ ކުރެވިފައިވަނީ ޖެނުއަރީ 16 އާއި ފެބްރުއަރީ 19 އާއި ދެމެދުއެވެ. އެމީހުން ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު މިޓީމުން ވަނީ އެމީހުންގެ ހާލު ގަވާއިދުން ބަލާފައެވެ.

ދިރާސާ ޓީމުން އިތުރަށް ފާހަގަ ކުރިގޮތުގައި ބަލީގެ އަސަރުތައް ބޮޑުވާ ވަރަކަށް ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންނަމަވެސް ސްޓްރޯކް ޖެހެނީ ސީދާ ކޮވިޑް-19 ގެ ސަބަބުންނޭ ނުބުނެވުނަސް، މިބަލީގެ ސަބަބުން މީހާގެ ހާލަތު ގޯސްވުމުން ސްޓްރޯކްއަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާ ޓިމުން ބުނެފައިވެއެވެ.

ސްޓްރޯކްގެ އިތުރުން ބައެއް ބަލިމީހުންނަށް ބޮލުގައި ރިއްސުން، ބޯ އެނބުރުން، ވާނުވާ ނޭންގުން އަދި ސީޒަރ ތަޖުރިބާ ކުރެވުނެވެ. އަދި ވަސް ނުދުވުމާއި ރަހަ ނުލުން ވެސް އަލާމާތްތަކުގައި ހިމެނެއެވެ.

ދިރާސާގައި ފާޙަގަކޮށްފައިވާ ގޮތުން ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވުމުގެ ފުރުސަތު އެންމެ ބޮޑީ ދާއިމީ ބަލިތައް ތަހައްމަލް ކުރަމުންދާ އުމުރުން ދުވަސްވީ މީހުންނަށެވެ.

ބައެއް ސިއްހީ މާހިރުން ގަބޫލު ކުރާ ގޮތުގައި ކޮވިޑް-19 ގެ އަސަރު ކުރަނީ ހަމައެކަނި އިންސާނާގެ ނޭވާލާ ނިޒާމަކަށް ނޫނެވެ. އޭގެ އިތުރުން ހިތް، ކިޑްނީ އަދި ސިކުނޑިއަށްވެސް އަސަރު ކުރާނެ ކަމަށް މިބޭފުޅުން ވިދާޅުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ