އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/04/2020

ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ރާއްޖެއިން މިއަދުވެސް ވަނީ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ވަނީ 20 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 5 މީހުންނަކީ ދިވެހިންނެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ތިބި ފަސް މީހުންނެވެ. އެއީ އިނގިރޭސިވިލާތުން އައި ހަތަރު މީހަކާއި ފިލިޕީންސް އައި މީހެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ