އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/04/2020

ކޯވިޑް-19: އެމެރިކާއިން މަރުވި މީހުންގެ އަދަދު 20،000 އަށް އަރައިފި 

ކޮވިޑް-19 އިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު 20،000އަށް އަރައި، އިޓަލީއިން މަރުވި މީހުންނަށް ވުރެ އަދަދު އިތުރު ވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން އިއްޔެ އާއި ހަމަޔަށްވަނީ 20،506 މީހުން މަރުވެފައެވެ. އަދި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 527،111އަށް އަރާފަ އެވެ. އިޓަލީއިން ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 19،468 މީހުންނެވެ.

ދުނިޔެއިން މިހާތަނަށްވަނީ މި ވައިރަހަށް ޕޮޒިޓިވްވެގެން 107،000 މީހުން މަރުވެފަ އެވެ. އަދި 1.7 މިލިޔަން މީހުންވަނީ މިވައިރަހަށް ޕޮޒިޓިވްވެފައިވަކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިން ޔުނިވަރސިޓީއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ދާދިފަހުން ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ޗައިނާއިންވެސް އިއްޔެ ވަނީ 99 މީހުން މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެތެރެއިން ގިނައީ އެ ޤައުމުގެ ރައްޔިތުންކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ